ކ. ތިލަފުށީގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފިއެވެ.
މި އަލިފާނުގެ ހާދިސާ ހިނގީ މިއަދު މެންދުުރު 12:45 ހާއިރެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމުގެ ރިޕޯޓެއް އަދި ނުލިބެއެވެ.
ތިލަފުށީގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކުރިއަށް ދަނީ-- ފޮޓޯ: އެޗްޑީސީ
މިކަމާ ގުޅިގެން "ސަން"އަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބުމާއެކު މިހާރު އެ ތަނުގައި ހަރަކާތްތެރިވަމުން އަންނަކަމަށެވެ. އެމްއެންޑީއެފުން ބުނީ މިހާރު އަލިފާންގަނޑުގެ 80 ޕަސެންޓު ކޮންޓްރޯލްކުރެވިފައިވާ ކަމަށެވެ.
އަލިފާންގަނޑު ބޮޑު ނަމަވެސް އިތުރު ތަނަކަށް އަލިފާން ފެތުރިފައެއްނުވެއެވެ.
ރޯވެފައިވަނީ ދެ ފަންގިފިލާއަށް ހަދައިފައިހުރި އިމާރާތެއްގައެވެ. މި އިމާރާތުގެ ގްރައުންޑް ފްލޯއަކީ ލަކުޑި ގުދަނެކެވެ. މަތީބައި ބޭނުންކުރަނީ އެކޮމޮޑޭޝަން ބްލޮކެއްގެ ގޮތުގައެވެ.