އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް މޭޖާ ހުސައިން ރަޝީދު ހަމަޖައްސަވައިފި

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރަކަށް އަލަށް ހަމަޖެއްސި މޭޖާ ހުސައިން ރަޝީދު -- ފޮޓޯ/ އެމްއެންޑީއެފް

އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް މޭޖާ ހުސައިން ރަޝީދު އިއްޔެ ހަމަޖައްސައިފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރަކަށް ކުރިން ހުންނެވީ ކެޕްޓަން ޙަނާ މުޙައްމަދެވެ.

އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް މޭޖާ ހުސައިން ރަޝީދު ހަމަޖައްސަވާފައިވަނީ، ކެޕްޓަން ޙަނާ މުޙައްމަދު ކޯހެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ހަމަޖެހުމާ ގުޅިގެން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރަކީ، ސިފައިންގެއާ ބެހޭ މައުލޫމާތު ރަސްމީކޮށް މީޑިއާތަކަށް ފޯރުކޮށްދޭ ފަރާތެވެ. ސިފައިންގެ މީހަކު އެމީހެއްގެ އަމިއްލަ ފަރުދީ ހައިސިއްޔަތުން އެއްވެސް މީޑިއާއަކަށް މައުލޫމާތު ދިނުމަކީ މަނާކަމެކެވެ. މިފަދަ މައުލޫމާތު، ދެވޭނީ އެކަމަށް ކަނޑައަޅާފައި ހުންނަ އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރަކަށް، ނުވަތަ އެކަމަށް އިންޓާގްރޭޓެޑް ހެޑްކްއޯޓާޒް އިން ހުއްދަ ދީފައިވާ ފަރާތަކަށެވެ.

comment ކޮމެންޓް