ދިރާގުން ދައްކުވައިދެނީ މަންމައަށް އޮންނަ ލޯބި!

ބަރަކާތްތެރި ރަމަޟާން މަހަކީ އާއިލީ ގުޅުންތައް، އޭގެ އެންމެ ފުރިހަމަ ގޮތުގައި ދެމެހެއްޓުމަށް ބާރުއަޅާ މައްސަރެވެ. މިކަމަށް ބާރުއެޅުމުގެ ގޮތުން ދިރާގުން މި ވަނީ މި ރަމަޟާން މަހުގައި އެކުންފުނީގެ ކެމްޕެއިންތަކުގައި މަންމައިންގެ އަގު ވަޒަން ކުރުމަށް ނިންމާފައެވެ.

އެގޮތުން މަންމައިންގެ އަގު ވަޒަންކޮށް، މަންމައާ އޮންނަ ގުޅުން ބަދަހި ކުރުމުގެ ޝިއާރުގެ ދަށުން އެކުންފުނިން މި ވަނީ ޚާއްސަ ކުރު ފިލްމެއް ތައްޔާރުކޮށްފައެވެ. "ލޯބި" މި ނަމުގައި ތައްޔާރުކުރި މި ކުރު ފިލްމުން ދައްކުވައިދެނީ ލޯފަން ކުއްޖަކާއި އޭނާގެ ދައްތަ، އެ މީހުންގެ މަންމަގެ ކަރާ ފަނި ރެސިޕީ ހަމަ އެ ރަހައިގައި ހެދުމަށް ކުރާ މަސައްކަތެވެ.

މި ފިލްމުން ދައްކަނީ އއ. ތޮއްޑޫއިން މަންމަ މާލެއަށް އައުމުން، މަންމަ ހަދާ ހަމަ އެ މީރު ކަރާ ފަނި އެގޮތަށް ހެދުމަށް އެކި ގޮތްގޮތަށް އެކުދިން މަސައްކަތްކުރާ މަންޒަރެވެ. ނަމަވެސް މަންމަގެ އެ ކަރާ ފަނީގެ ރަހައެއް އެކުދިންނަކަށް ނުގެނެވެއެވެ.

މި ފިލްމުގެ އެންމެ މައިގަނޑު ފިލާވަޅަކީ އެތައް މީހަކު އެކި ކަންތައް ކޮށްދިން ނަމަވެސް، މަންމަ ކަންކަން ކޮށްދޭހާ ފުރިހަމަކޮށް ނުވަތަ އެގޮތަށް އެ ލޮތްބާއެކު އެކަންކަން ނުކުރެވޭނެކަމެވެ.

މި ފިލްމު ދިރާގުގެ ޔޫޓިއުބް އިން މިހާރު ފެންނާނެއެވެ.

ދިރާގަކީ އަބަދުވެސް ތަފާތު އެކި ކަންކަން ކުރާ ކުންފުންޏެކެވެ. އެގޮތުން މި އަހަރުގެ ރަމަޟާން މަހާ ދިމާކޮށް، އެކުންފުނިން ދަނީ އެކި އިނާމުތައް ދީ، އެކި ޕެކޭޖްތަކުން މި ރޯދަ މަހު ވެސް ޢާންމުންނަށް އެހީތެރިވަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް