ހުޅުމާލެ ފަޅަށް ޖަމާވެފައި ހުރި ކުނިތައް އެޗްޑީސީން ސާފުކޮށްފި

ހުޅުމާލެ ފަޅަށް ޖަމާވި ކުނިތައް ނަގައި ސާފުކޮށްފައި --- ފޮޓޯ/ އެޗްޑީސީ

ހުޅުމާލެ ލަކުޑި ޖެޓީއާ ދިމާ ފަޅަށް ޖަމާވި ކުނިތައް ނަގައި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އެ ސަރަހައްދު ސާފުކޮށްފިއެވެ.

އެޗްޑީސީއިން ކުރި ޓްވީޓެއްގައި ބުނީ ހުޅުމާލެ ފަޅަށް ޖަމާވި ކުނިތައް މިހާރު ނަގާފައިވާ ކަމަށާއި ތިމާވެށީގެ ރައްކާތެރިކަމަށް ކުނިތައް ޑަސްބިންތަކަށް އެޅުމަށް ޢާންމުންގެ ކިބައިން އެދޭ ކަމަށެވެ.

އެޗްޑީސީއިން ހުޅުމާލެ ފަޅަށް ޖަމާވެފައިވާ ކުނިތައް ސާފުކޮށްފައިމި ވަނީ މީސް މީޑިޔާގައި ޢާންމުވި ފޮޓޯތަކާ ގުޅިގެން ބައެއް އާންމުންގެ ފާޑުކިޔުން އެކަމުގައި އަމާޒުވެފައި ވަނިކޮށެވެ. އެގޮތުން ބައެއް މީހުން ވަނީ ރާއްޖެއަކީ "ޓްރެޝީ ސައިޑް އޮފް ލައިފް" ކަމުގައި ބުނެ، ފާޑު ކިޔާފައެވެ.

https://twitter.com/Eeman_Imran/status/1638913220055564288

ބެލެވޭ ގޮތުގައި މި ކުނިތަކަކީ ހުޅުމާލެ ފަޅަށް ބަޔަކު އެޅި ކުނިތަކެއް ނޫނެވެ. މިއީ އޮޔާ އާއި އެއްކޮށް ހުޅުމާލެ ވަކަރު ފާލަމުގެ ފަޅަށް ޖަމާވި ކުނިތަކެކެވެ. މިހެން މަދުން ނަމަވެސް، ކުނިތައް އެ ފަޅަށް ޖަމާވުމުގެ ސަބަބުން އެ ކުނި ސާފުކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ކުރެއެވެ.

comment ކޮމެންޓް