މާލެ ތެރޭގެ ބަސް ދަތުރުތައް އިރުއޮއްސި 6އިން 9އާ ދެމެދު މެދުކަނޑައިލަނީ

މަޖީދީމަގުން މިނީ ބަހެއް ދުއްވާފައި ދަނީ --- ސަން ފޮޓޯ/ ނާއިލް ހުސައިން

އެމްޓީސީސީން މާލޭގައި ދެމުން އަންނަ މިނީ ބަހުގެ ޚިދުމަތް އިރުއޮއްސި 18:00އިން ފެށިގެން 21:00އާ ދެމެދު މެދުކަނޑައިލާ ގޮތަށް ބަސް ދަތުރުތަކަށް ބަދަލު ގެނެސްފިއެވެ.

އެމްޓީސީސީން އާންމުކޮށްފައިވާ ބަސް ޝެޑިއުލުގައިވާ ގޮތުން ރަމަޟާން މަހު ބަހުގެ ޚިދުމަތް ފެށެނީ ހެނދުނު 06:00އިން ފެށިގެންނެެވެ.

އިރުއޮއްސި 18:00އާ ހަމައަށް ޚިދުމަތް ދިނުމަށްފަހު އަލުން ފަށާ ގޮތަށް އޮތީ 21:00ގައެވެ. މެންދަމު 00:15ގައި އަލުން ޚިދުމަތް މެދުކަނޑައިލާނެއެވެ.

ރަމަޟާން މަހަށް އެމްޓީސީސީންވަނީ މާލޭ ތެރޭ ދުއްވާ މިނީ ބަހުގެ ބައެއް ރޫޓުތަކަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ.

https://twitter.com/adamazim/status/1638981286101655552?s=46&t=X5Vbf7V2vo1l_fN4r1s3OA

ބަހުގެ ޚިދުމަތްދޭ އާ ޝެޑިއުލާ ގުޅިގެން ބައެއް އާންމުންގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައިވަނީ ފާޅުކޮށްފައެވެ.

މިކަމާ ގުޅިގެން އާންމުންގެ ބައެއް ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ކުރެއްވި ޓްވީޓެއްގައިވަނީ އެ ވަގުތުތަކުގައި މަޖީދީ މަގުން ބަސް ދަތުރުތައް ކުރުމުގެ ހުއްދަ ނުދޭކަމަށެވެ. އެއީ މަޖީދީ މަގުގައި ތިން މިސްކިތެއް ހުންނައިރު އެ މިސްކިތްތަކުގައި ނަމާދުކުރާ ވަގުތު މަގު ތޮއްޖެހޭނެތީކަމަށް އާޒިމް ވިދާޅުވިއެވެ.

އާންމު މަސްމަހު ބަހުގެ ޚިދުމަތް ދެނީ ފަތިހު 05:45އިން މެންދަމު 00:45އާ ހަމައަށެވެ.

comment ކޮމެންޓް