ޓްވިޓާ އެކައުންޓުތައް ސައްޙަކުރަން ފޮޓޯ އައިޑީ ވެރިފިކޭޝަން އިތުރު ކުރަނީ

މަޝްހޫރު މައިކްރޯ ބްލޮގިން ޕްލެޓްފޯމް ޓުވިޓާއިން ބްލޫ ސަބްސްކްރައިބަރުންނަށް ނުވަތަ މިހާރު ވެރިފައި ކޮށްފައިވާ އައިޑީތަކަށް އާ ވެރިފިކޭޝަން ޕްރޮސެސްއެއް ޓެސްޓް ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި ވެރިފިކޭޝަން މެތަޑަކީ އެމެރިކާގައި ޚިޔާރުކުރެވޭ އެންޑްރޮއިޑް ވަކި ޔޫޒަރުންނާ އެކު ޓެސްޓް ކުރަމުންދާ މެތަޑެއް ކަމަށާއި، މިއީ ފޭކް އައިޑީތައް ނައްތާލުމުގެ މަޤްޞަދުގައި ކުރާ ކަމެއް ކަމަށް ޓްވިޓާއާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

ޓްވިޓާ އެކައުންޓް ސައްހަ ކުރުމަށް ކުރިމަތިންނާއި ފަހަތުން ވެސް ސެލްފީ ފޮޓޯއަކާ އެކު ޔޫޒަރުންގެ އައިޑީގެ ފޮޓޯއެއް ހުށަހެޅުމުގެ އުސޫލު ޓްވިޓާއިން ގެންގުޅޭކަން ފުރަތަމަ ހާމަކުރީ ޕްރޮޑަކްޓް އިންޓެލިޖެންސް ފަރުމާ ވޮޗްފުލް.އައި އިން ހޯދި ކޯޑު ލެވެލް އިންސައިޓްތަކުގެ ތެރެއިން ކަމަށް އޮންލައިން ރިޕޯޓްތައް ބުނެއެވެ. އާ ވެރިފިކޭޝަން ޕްރޮސެސްގައި ސަރުކާރުން ދޫކުރާ އައިޑީގެ ކުރިމަތިންނާއި ފަހަތުން ވެސް ފޮޓޯއެއްގެ އިތުރުން ޓްވިޓާ އެކައުންޓް އޮތެންޓިކޭޓް ކުރުމަށް ސެލްފީ ފޮޓޯއެއް ހުށަހަޅަން ޖެހޭނެއެވެ.

އެހެންނަމަވެސް އަދި އެ ފީޗާ މުޅިން ތަޢާރަފު ކުރާނީ ކޮން އިރަކު ކަމެއް އަދި ސާފެއް ނުވެއެވެ.

ބުލޫގެ ވެރިފިކޭޝަން ޕްރޮސެސްއަށް ފޮޓޯ އައިޑީ އާއި ސެލްފީ ރިކުއާމަންޓް އިތުރު ކުރުމަކީ ޓްވިޓާ ބޭނުން ކުރާ މީހުންގެ ކަންބޮޑުވުން ބޮޑުވެފައިވާ ޕްލެޓްފޯމްގައި އިންޕާސަނޭޝަން ހުއްޓުވަން އެހީތެރިވެދޭނެ ކަމަކަށްވާއިރު، މި ޕްރޮސެސް ފުރިހަމަކުރުމަށް ގާތްގަނޑަކަށް ތިން މިނެޓް ނަގާނެ ކަމަށް ބެލެވެއެވެ. ޔޫޒަރުންގެ އައިޑެންޓިޓީ ޔަގީން ކުރުމަށް ފޮޓޯތަކާއި ޒާތީ މައުލޫމާތު ތިންވަނަ ފަރާތަކާ ހިއްސާ ކުރަން ޖެހޭއިރު، ޓްވިޓާއިން ދަނީ ސީދާ އޮތެންޓިކޭޝަން ޕްރޮސެސް މެނޭޖް ކުރުމުގެ ބަދަލުގައި ކުންފުންޏަކާ ޕާޓްނާ ޝިޕް ހަދަމުންކަމަށް ރިޕޯޓްތައް ބުނެއެވެ.

އާ ވެރިފިކޭޝަން ޕްރޮސެސް މިހާރު ޓެސްޓް ކުރަމުންދަނީ އެމެރިކާގެ ޚިޔާރުކުރެވޭ އެންޑްރޮއިޑް ޔޫޒަރުންނާ އެކު ކަމަށާއި، އެހެން ސަރަހައްދުތަކަށް ނުވަތަ ޕްލެޓްފޯމްތަކަށް އެ ކަން ތައާރަފު ކުރާނީ ކޮން އިރަކު ކަމެއް ނޭނގެއެވެ. ދާދި ފަހުން ނެރުނު ބަޔާނެއްގައި ޓްވިޓާގެ ސީއީއޯ އެލޮން މާސްކް ވަނީ ލެގަސީ ބުލޫ ބެޖުތަކުގެ ހުރިހާ ބެޖެއް ވަރަށް އަވަހަށް ނައްތައިލާނެ ކަމަށް ތަކުރާރުކޮށް ބުނެފައެވެ.

comment ކޮމެންޓް