އެމްއޭސީއެލްގެ މުވައްޒަފުންނަށް ރޯދަ އިނާޔަތުގެ ގޮތުގައި 5000 ރުފިޔާ

އެމްއޭސީއެމްގެ މުވައްޒަފުން އެއާޕޯޓުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ކޮންމެ މުވައްޒަފަކަށް ރޯދަ އިނާޔަތާއި އިތުރު އެލެވެންސްގެ ގޮތުގައި 5000 ރުފިޔާ ދޭން ނިންމައިފިއެވެ.

އެމްއޭސީއެލްގެ މުވައްޒަފުންނަށް މިއަދު ފޮނުވި ސާކިއުލާއެއްގައި ބުނެފައި ވަނީ މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ މުސްލިމު މުވައްޒަފަކަށް 5000 ރުފިޔާ މިއަދު ޖަމާކޮށްދޭނެ ކަމަށެވެ.

އޭގެ އިތުރުން އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ގޮތުން މުވައްޒަފުންގެ ފަރާތުން ރޯދަ މަހުގައި ކުންފުނީގެ މަސައްކަތަށް ބޭނުންވާ އަހައްމިއްޔަތު ފާހަގަކޮށް، މި މަހާ ގުޅުވައިގެން ހަދިޔާއެއްގެ ގޮތުގައި އިތުރު 2،000 ރުފިޔާ ދިިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި ރޯދަ އިނާޔަތާއެކު އެ ފައިސާ ވެސް ޖަމާކޮށްދޭނެ ކަމަށް އެމްއޭސީއެލުގެ ސާކިއުލާގައި ބުނެފައިވެއެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 51 ވަނަ މާއްދާގައި ބަޔާން ކޮށްފައި ވަނީ ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި، ރަމަޟާން މަސް ފެށުމުގެ ކުރިން 3000 ރުފިޔާ ދޭން ވާނެ ކަމަށެވެ.

comment ކޮމެންޓް