މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ބައި މިލިއަނަކާ ގާތަށް

ވީއައިއޭ، ފަތުރުވެރިން، ޓޫރިސްޓުން

މި އަހަރުގެ މިހާތަނަށް ހަތަރު ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2021 ވަނަ މި މުއްދަތުގެ ތެރޭގައި 238،533 ފަތުރުވެރިން ރާއްޖެ ޒިޔާރާތް ކުރިއިރު މިދިޔަ އަހަރު ޒިޔާރަތްކުރީ 355،429 ފަތުރުވެރިންނެވެ.

ފަތުރުވެރިން އަންނަ އަދަދަށް މި އަހަރު އައި 23.8 ޕަސެންޓުގެ އިތުރުވުމާއެކު، މިހާތަނަށް 440،059 ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މި މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި އެކަނިވެސް، 89،646 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި އެވްރެޖު ގޮތެއްގައި ދުވާލަކު 5،976 ފަތުރުވެރިން ރާއްޖެ އަންނައިރު، އެ ފަތުރުވެރިން ރާއްޖޭގައި އެވަރެޖުކޮށް މަޑުކުރަނީ 7.8 ދުވަހެވެ.

ވީއައިއޭ، ފަތުރުވެރިން، ޓޫރިސްޓުން

އެންމެ ގިނައިން ޓޫރިސްޓުން އަންނަ މާކެޓުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރާތް ކުރީ ރަޝިޔާއިންނެވެ. އެގޮތުން 54،527 ފަތުރުވެރިން ރަޝިޔާއިން ވަނީ ޒިޔާރާތް ކޮށްފައެވެ.

ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތް ކޮށްފައިވަނީ އިންޑިއާއިންނެވެ. އެ ގައުމުން 47،462 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކޮށްފައިވަނީ އިނގެރޭސިވިލާތުންނެވެ. އެއީ 41،126 ފަތުރުވެރިންނެވެ.

ދެން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ގައުމުތަކަކީ ފްރާންސް، އެމެރިކާ، ޗައިނާ، ސްވިޒަލޭންޑް އަދި ޕޯލެންޑެވެ.

comment ކޮމެންޓް