ރޯދަ މަހު ސަރުކާރުގެ ރަސްމީ ގަޑިއަކީ ހެނދުނު 9:00އިން މެންދުރު ފަހު 1:00އަށް ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން ބުނީ، މިދިޔަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00އިން މެންދުރުފަހު 1:00އަށް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވާ ކަމަށެވެ.
އެހެންކަމުން މި އަހަރުވެސް އެ މުއްދަތުގައި ސަރުކާރު އޮފީސްތަކުގެ ރަސްމީ ގަޑިއަކީ އެއީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަ މަސް ފެށޭނީ އަންނަ ބުރާސްފަތި ދުވަހުއެވެ.