ރަސްދޫ މަޑިވަރު ޕޮއިންޓަށް ފޭބި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

އއ މަޑިވަރު ---

އއ. ރަސްދޫއާ އިންވެގެން އޮންނަ މަޑިވަރު ޑައިވިން ޕޮއިންޓަށް، ޑައިންވިންއަށް ފޭބި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން ބުނީ އއ. ރަސްދޫ މަޑިވަރު ޕޮއިންޓަށް ފޭބި ފަތުރުވެރިއަކު ގެނބިގެން ހާލު ސީރިއަސް ވެގެން މިއަދު ހެނދުނު 9:12 ހާކަންހާއިރު، ރަސްދޫ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ ފަތުރުވެރިޔާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފައި ކަމަށެވެ.

މަރުވެފައިވަނީ އިނގިރޭސިވިލާތުގެ 46 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ބަލަމުން އަންނަ ކަމަށެވެ.

ރާއްޖޭގައި މަދުން ނަމަވެސް، ފަތުރުވެރިން ގެނބިގެން މަރުވުމުގެ އެކި ކަހަލަ ހާދިސާތައް އަންނަނީ ފެންމަތި ވަމުންނެވެ.

comment ކޮމެންޓް