ރިސޯޓެއްގައި ސްވިމިން ޕޫލަކަށް އެރި އުޅުނު ކުއްޖަކު މަރުވެއްޖެ

މެއި 14، 2020: އޭޑީކޭ ހޮސްޕީޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ އަތޮޅުގެ ރިސޯޓެއްގައި ސްވިމިން ޕޫލަށް އެރިގެން އުޅުނު ކުޑަކުއްޖަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ، މި އަތޮޅުގެ ރިސޯޓެއްގައި ސްވިމިން ޕޫލަށް އެރި އުޅުނު ކުއްޖަކު ގެނބިގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އިއްޔެގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެއީ އިންޑިއާގެ އަށް އަހަރުގެ ކުއްޖެއް ކަމަށާއި އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ، އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިން ގެނބިގެން މަރުވުމަކީ މަދުން ނަމަވެސް ހިނގާ ކަމެކެވެ.

comment ކޮމެންޓް