ދިރާގާއި އެޗް ވަން ސްރީލަންކާއާ ގުޅިގެން ރާއްޖޭގެ މާކެޓަށް މައިކްރޮސޮފްޓް ސޮލިއުޝަންސް ތައާރަފުކޮށްފިއެވެ.
ދިރާގާއި ގުޅުނު އެޗް ވަން އަކީ ސްރީލަންކާގެ ލީޑިން ޓިއަރ 1 މައިކްރޮސޮފްޓް ލައިސަންސިން ސޮލިއުޝަންސް އަދި ކްލައުޑް ސޮލިއުޝަންސް ޕާޓްނަރެކެވެ.
މި ޕާޓްނަރޝިޕް މެދުވެރިކޮށް ދިރާގާއި އެޗް ވަން ގުޅިގެން މައިކްރޮސޮފްޓްގެ އުފެއްދުންތަކާއި ޚިދުމަތްތައް މި ސަރަޙައްދުގެ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި މޮޑަރން ވަރކް ކްލައުޑް، މޮޑަރން ވަރކް ސެކިއުރިޓީ، އެޕްސް އެންޑް އިންފްރާ (އަޒުއާ)، މޮޑަރން އެޕް ޑިވެލޮޕްމަންޓް އަދި ޑޭޓާ އެންޑް އެނަލިޓިކްސް ފަދަ މައިކްރޮސޮފްޓް ޓެކްނޮލޮޖީތައް ހިމެނެއެވެ.
މިކަމާ ގުޅިގެން ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ ރާއްޖޭގެ ކަސްޓަމަރުންނަށް މައިކްރޮސޮފްޓާއި ޓެލެކޮމިއުނިކޭޝަންގެ ފުޅާ ދާއިރާއެއްގައި ހިދުމަތްތައް ގެނެސްދިނުމަށް އެޗް ވަން ސްރީލަންކާއާ އެކު ޕާޓްނާޝިޕް ގެނައުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މި ދެ ކުންފުނީގެ ތަޖުރިބާއާއެކު، ކަސްޓަމަރުންގެ ފުޅާވަމުން އަންނަ ބޭނުންތައް ފުއްދައިދިނުމަށް ފަސޭހަ ވަން ސްޓޮޕް ސޮލިއުޝަނެއް ފޯރުކޮށްދިނުން. މި ޕާރޓްނަރޝިޕް މެދުވެރިކޮށް އެންމެ ބޮޑު އަހައްމިއްޔަތުކަމެއް އަޅުގަނޑުމެން ދީފައިވާނީ ދިރާގުގެ އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގެ މާކެޓަށް ޚިދުމަތް ފޯރުކޮށްދިނުމަށް،" އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.
އެޗް ވަން ސްރީލަންކާގެ ފަރާތުން އެ ކުންފުނީގެ ޑައިލޮގް އެކްސިއާޓާ ޕީއެލްސީގެ ޑިރެކްޓަރު/ގްރޫޕް ޗީފް އެގްޒެކެޓިވް އަދި އެޗް ވަންގެ ޑިރެކްޓަރު ސުޕުން ވީރަސިންހަ ވިދާޅުވީ ދިރާގާ އެކު ހެދުނު މި ޕާޓްނާޝިޕަކީ ރާއްޖޭގެ މާކެޓުގައި އެ ކުންފުނީގެ ބައިވެރިވުން ފުޅާކުރުމުގައި އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
"މައިކްރޮސޮފްޓް ޓެކްނޮލޮޖީގެ ތަޖުރިބާއާ ދިރާގުގެ ވަރުގަދަ ލޯކަލް ޕްރެޒެންސާއި ކަސްޓަމަރުންނާއެކު އޮންނަ ގުޅުމާއިއެކު އެންމެ ފެންވަރު ރަނގަޅު ހިދުމަތްތައް އެ ކަސްޓަމަރުންނަށް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް،" ސުޕުން ވީރަސިންހަ ވިދާޅުވިއެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް އިތުރު ހައްލުތަކެއް ހޯދައިދިނުމަށާއި ރާއްޖޭގައި ދިރިއުޅޭ މީހުންގެ ޑިޖިޓަލް ތަޖުރިބާ އިތުރުކުރުމަށެވެ.