2030ގެ ކުރިން ދުނިޔޭގެ ކަނޑުތަކުގެ 30 ޕަސެންޓު ހިމާޔަތްކުރަނީ

ކަނޑު އަޑީގެ މަންޒަރުތައް -- ފޮޓޯ/ ގެޓީ އިމޭޖަސް

ދުނިޔޭގެ ކަނޑުތަކުގެ 30 ޕަސެންޓު 2030 ގެ ކުރިން ހިމާޔަތްކުރަން އދ.ގެ މެމްބަރު ގައުމުތަކުގެ މެދުގައި އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

ގާތްގަނޑަކަށް 10 އަހަރަށް ދެމިިގެންދިޔަ މަޝްވަރާތަކަށް ފަހު އެންމެފަހުން އެއްބަސްވުމަކާ ހަމައަށް އާދެވުނީ ހޮނިހިރު ދުވަހުގެ ހަވީރު، ނިއުޔޯކުގައި ހުންނަ އދ. ގެ މަޖިލީހުގައި ކުރެވުނު 38 ގަޑިއިރުގެ މަޝްވަރާ ތަކަކަށްފަހުއެވެ.

އެއްބަސްވުމާ ހަމައަށް އައުމަށް އެހާ ގިނަ އަހަރުތަކެއް ނަގާފައިވަނީ، ފައިސާ ހޯދުމާއި މަސްވެރިކަމުގެ ހައްގުތަކާ ގުޅޭ ގޮތުން އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކާ ގުޅިގެންނެވެ.

އދ. ގެ ދުނިޔޭގެ ކަނޑުތަކާ ބެހޭ މުއާހަދާ ކަމަށްވާ ހައި ސީސް ޓްރީޓީގެ މަގުސަދަކީ 2030 ވަނަ އަހަރުގެ ނިޔަލަށް 30 ޕަސެންޓު ކަނޑުތައް ހިމާޔަތްކޮށް ކަނޑުގެ ގުދުރަތީ ރީތިކަން ރައްކާތެރިކުރުމެވެ.

ކަނޑުތައް ހިމާޔަތްކުރުމާ ބެހޭ ގޮތުން އެންމެ ފަހުން ބައިނަލްއަގްވާމީ އެއްބަސްވުމެއްގައި ސޮއިކުރީ މީގެ 40 އަހަރު ކުރިންނެވެ. އެއީ 1982 ވަނަ އަހަރުއެވެ. އެ އަހަރު އެއްބަސްވުމުގެ ދަށުން ހިމާޔަތްކޮށްފައި ވަނީ 1.2 ޕަސެންޓްގެ ކަނޑުގެ ސަރަޙައްދެކެވެ.

ކަނޑުގެ އަޑީގެ މަންޒަރުތައް -- ފޮޓޯ/ ގެޓީ އިމޭޖަސް

ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުން ބޭރުގައި ދިރިއުޅޭ ކަނޑުގެ ދިރުންތަކަށް އެކި ކަހަލަ ނުރައްކާތަކާ ކުރިމަތިވެއެވެ. އޭގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާއި، މާގިނައިން މަސްވެރިކަން ކުރުމާއި، ބޮޑެތި ބޯޓުފަހަރުގެ ދަތުރު ކުރުމުގައި ދިމާވާ ނުރައްކާ ހިމެނެއެވެ.

ގައުމުތަކުގެ މެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން އަލަށް ހިމާޔަތްކުރާ ސަރަހައްދުތަކާއެކު، މަސްވެރިކަން ކުރެވޭނެ މިންވަރާއި، ކަނޑު އަޑި ކޮނުމާ އެކްސްޕްލޯރޭޝަން ހަރަކާތްތަކަށް ލިމިޓްތަކެއް ކަނޑައަޅާނެއެވެ.

ދުނިޔޭގެ ކަނޑުގެ ދިރުންތަކުގެ މައްޗަށް ހަދާފައިވާ އެންމެ ފަހުގެ އެސެސްމަންޓުން ދައްކާގޮތުގައި، ނެތި ދިޔުމުގެ ނުރައްކާ އޮތްކަން ފާހަގަކުރެވިފައިވަނީ އެންމެ 10 ޕަސެންޓު ކަނޑުގެ ދިރުންތަކެވެ.

ކަނޑުގެ އަޑީގެ މަންޒަރުތައް -- ފޮޓޯ/ ގެޓީ އިމޭޖަސް

ސްޓޮކްހޯމް ޔުނިވާސިޓީގެ ކަނޑު ދިރާސާކުރާ ޑރ ރޮބަޓް ބްލެސިއަކް ވިދާޅުވީ ހިތާމައަކީ ކަނޑުގެ ވަސީލަތްތަކަކީ ކިހާ މުހިންމު އަދި ކިހާވަރެއްގެ އެއްޗެއްކަން މީހުންނަށް ނޭނގޭތީ ކަމަށެވެ.

ރޮބާޓް ވިދާޅުވި ގޮތުގައި މިހާތަނަށް ކަނޑުގައި ގާތްގަނޑަކަށް 230،000 ދިރުން ރެކޯޑް ކުރެވިފައި އޮތް ނަމަވެސް، ލަފާކުރެވޭ ގޮތުގައި އަދި ހޯދިފައިނުވާ ދެ މިލިއަނަށްވުރެ ގިނަ ބާވަތް އެބަހުއްޓެވެ.

comment ކޮމެންޓް