ޖޫސްޓައިމްއަށް ގެއްލުން ދިން މައްސަލައިގައި އެއްވެސް މީހަކު އަދިވެސް ހައްޔަރެއް ނުކުރޭ

މޫނު ނިވައިކޮށްގެން ތިބި ދެ މީހަކު 'ޖޫސް ޓައިމް' އަށް ގެއްލުން ދެނީ -- ފޮޓޯ/ އެމްވީ ކްރައިސިސް

ހުޅުމާލޭ ޖޫސްޓައިމްއަށް މިދިޔަ މަހުގެ 17ވަނަ ދުވަހުރޭ އިރުއޮއްސުނު ވަގުތު މޫނު ނިވާ ކޮށްގެން ތިބި ބަޔަކު ވަދެ ގެއްލުންދިން މައްސަލައިގައި އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި 'ޖޫސް ޓައިމް'އަށް ހަމަލާ ދީފައި ވަނީ ހެލްމެޓް އަޅާ މޫނު ނިވާކޮށްފައިވާ ދެ ފިރިހެނުންނެވެ.

އެމީހުން ވަނީ އެތަނުގެ ބިއްލޫރިތައް ތަޅާލައި އެތެރެއަށް ވަދެ އެތެރޭގައި ހުރި ތަކެއްޗަށް ވެސް ވަރަށް ބޮޑަށް ގެއްލުން ދީފައެވެ. އެވަގުތު އެތަނުގައި އިން ސޭޓު މީހާ ވަނީ ވަގުތުން އެތަނުން ނުކުމެފައެވެ.

ހަމަލާ ދިނުމަށް ފަހު އެ މީހުން ވަނީ ފިލާފައެވެ. އަދި ވަގުތުން އާންމުންގެ މީހުން ވަނީ އެތަނަށް އެއްވެފައެވެ.

މިދިޔަ މަހުގެ 24ވަނަ ދުވަހު ފުލުހުން ވަނީ، 'ޖޫސް ޓައިމް'އަށް ގެއްލުންދިން، މޫނު ނިވާ ކޮށްގެން ތިބި މީހުން އެ ވަގުތު ދުއްވި ކަމަށް ބެލެވޭ ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

comment ކޮމެންޓް