ބިދޭސީން ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި 11 މީހުން ދޫކޮށްލައިފި

11 ޖުލައި 2018: ދަރުމަވަންތަ ހޮސްޕިޓަލްގެ ޓެރަސްމަތިން ޓީޖެޓީ ސަރަހައްދު --ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

މާލޭ ޓީޖެޓީ ސަރަހައްދުގައި އިއްޔެ ބިދޭސީންތަކެއް ހިންގި މާރާމާރީއާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 11 މީހަކު ދޫކޮށްލައިފިއެވެ.

އެ މައްސަލައިގެ ތަހުގީގާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް މިއަދު ވިދާޅުވީ އެ މައްސަލައިގައި ހައްޔަރުކުރި 11 މީހުން ވެސް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އިއްޔެގެ ވަގުތެއްގައި ދޫކޮށްލިކަމަށެވެ.

މީގެ އިތުރުން އެ މާރާމާރީގައި އެކިވަރުގެ އަނިޔާ ލިބިގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދިން ފަސް މީހުން ވެސް މިހާރު ހޮސްޕިޓަލުން ދޫކޮށްލައިފައިވާކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ނަމަވެސް އަދިވެސް ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

އިއްޔެ ހިނގި އެ މާރާމާރީ ހިނގީ ހަވީރު 16:52 ހާއިރެވެ.

އެ ފަދަ މާރާމާރީއެއް ހިނގީ މާލޭގައި މިދުވަސްވަރު ގޭންގު ކުށްތައް އާންމުވެފައިވަނިކޮށެވެ. ހަމައެއާއެކު ދަތް އަޅައި މީހެއްގެ އިނގިލި ބުރި ކޮށްލި މައްސަލައެއްގައި އިތުރު ބިދޭސީއެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނިކޮށެވެ.

comment ކޮމެންޓް