ދިރާގުގެ ޕޯސްޓްޕެއިޑް ޕްލޭންތަކުން އިތުރު ޑޭޓާ ހޯދުމުގެ ފުރުސަތު

ދިރާގު ހެޑް އޮފީސް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ދިރާގު ކަސްޓަމަރުންގެ ޕޯސްޓްޕެއިޑް ޕްލޭންތައް އަޕްގްރޭޑްކުރުމުން އިތުރު ޑޭޓާ ލިބޭ އޮފާއެއް ދިރާގުން ފަށައިފިއެވެ.

ދިރާގުން ބުނީ ކަސްޓަމަރުންގެ ޕޯސްޓްޕެއިޑް ޕްލޭންތައް އަޕްގްރޭޑް ކުރުމުން، ދިރާގު ޕޯސްޓްޕެއިޑް ޕެކޭޖުތަކަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުންގެ ބްރައުޒިން، ސްޓްރީމިން އަދި ސޯޝަލް މީޑިއާގެ ބޭނުންތަކަށް އިތުރު ޑޭޓާ ލިބޭނެ ކަމަށެވެ.

އެގޮތުން އަޕްޑޭޓް ކުރުމުން ޑޭޓާ އިތުރަށް ލިބެނީ ޕޯސްޓްޕެއިޑް 550 އަދި ޕޯސްޓްޕެއިޑް 750 އިންނެވެ.

ދިރާގުގެ ޕްރޮމޯޝަން

ޕޯސްޓްޕެއިޑް 550ގެ ޕެކޭޖުން ކަސްޓަމަރުންނަށް ޖުމްލަ 20ޖީބީ ޑޭޓާގެ އިތުރުން، ހިލޭ އެސް.އެމް.އެސް، ދިރާގުގެ ހުރިހާ ނަމްބަރަކަށް ހިލޭ ކޯލް އަދި އެހެނިހެން ލޯކަލް ނަންބަރުތަކަށް 1200 ހިލޭ ވޮއިސް މިނިޓް ލިބޭނެއެވެ. މީގެ ކުރިން މި ޕެކޭޖުގައި ހިމެނެނީ 10ޖީބީ ޓޯޓަލް ޑޭޓާ އާއި ހިލޭ ލިބޭ 300 ވޮއިސް މިނިޓެވެ.

ޕޯސްޓްޕެއިޑް 750ގެ ޕެކޭޖުން ޖުމްލަ 30ޖީބީ ޑޭޓާ، ހިލޭ އެސް.އެމް.އެސް އަދި ދިރާގާއި އެހެނިހެން ލޯކަލް ނަމްބަރުތަކަށްވެސް ހިލޭ ގުޅޭނެއެވެ. މީގެ ކުރިން މި ޕެކޭޖުގައި ހިމެނޭނީ ޖުމްލަ 15ޖީބީ ޑޭޓާއެވެ.

ދިރާގުން ދާދި ފަހުން ވަނީ އެ ކުންފުނީގެ ޕޯސްޓްޕެއިޑް 1000 އަދި ޕޯސްޓްޕެއިޑް 1700 ޕްލޭންތައްވެސް އަޕްގްރޭޑްކޮށްފައެވެ. މި ގެނެވުނު ބަދަލާއެކު މި ޕްލޭންތަކަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުންނަށް "ލިމިޓްލެސް" ސޯޝަލް މީޑިއާ ޑޭޓާ، އެސް.އެމް.އެސް އަދި ދިރާގާއި އެހެނިހެން ލޯކަލް ނަމްބަރުތަކަށްވެސް ހިލޭ ގުޅޭނެއެވެ.

ދިރާގު ޕްލޭންތައް އަޕްގްރޭޑްކުރަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގުގެ މޯބައިލް އެޕް މެދުވެރިކޮށް އަޕްގްރޭޑްކުރެވޭނެއެވެ.

ދިރާގުން މަސައްކަތް ކުރަނީ ތަފާތު ގިނަ އައު އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދީ އިތުރު މަންފާ ލިބޭނެ ގޮތް މަގުފަހިކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް