ހަށިވިއްކި މައްސަލައިގައި ހައްޔަރުކުރި ބިދޭސީ ދެ އަންހެނުން ޑީޕޯޓު ކޮށްލަނީ

ފެބްރުއަރީ 15، 2021: ޝަހީދު ހުސެން އާދަމް ބިލްޑިންގް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަށި ވިއްކުމުގެ މައްސަލައެއްގައި މި މަހުގެ 21 ވަނަ ދުވަހު ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ބިދޭސީ ދެ އަންހެނުން ޑީޕޯޓްކޮށްލަން ފުލުހުން އިމިގްރޭޝަނަށް އަންގައިފިއެވެ.

ހަށިވިއްކާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ރޯޅި ގެސްޓް ހައުސް ބަލައިފާސްކޮށް ފުލުހުން ވަނީ 43 އަހަރުގެ ދިވެހި ފިރިހެނަކާއި 43 އަހަރުގެ ބިދޭސީ ފިރިހެނަކާއި 31 އަހަރުގެ ބިދޭސީ އަންހެނަކާއި 36 އަހަރުގެ ބިދޭސީ އަންހެނަކު ހައްޔަރުކޮށްފައެވެ.

މިކަމާ ގުޅިގެން މިދިޔަ ބުރާސްފަތު ދުވަހު އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 43 އަހަރުގެ ދިވެހި ފިރިހެން މީހާ ވަނީ ޝަރުތުތަކަކާއެކު ދޫކޮށްލާފައެވެ.

މީގެ އިތުރުން 43 އަހަރުގެ ބިދޭސީ ފިރިހެން މީހާގެ ބަންދަށް 15 ދުވަސް ދީފައި ވެއެވެ. އަދި ދެން ތިބި ދެ ބިދޭސީ އަންހެނުންގެ ބަންދަށް ދިނީ އެއް ދުވަހުގެ މުއްދަތެކެވެ.

އެ ހަތަރު މީހުންގެ ތެރެއިން ދިވެހި ފިރިހެން މީހާ ހައްޔަރު ކުރީ ބިދޭސީ އަންހެނަކާ ޖިންސީ ގުޅުން ހިންގަމުން ދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައެވެ.

އެ ހަތަރު މީހުން ހައްޔަރުކޮށްފައި ވަނީ، ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރި ކުރުމާއި ސްޕާތައް ފަދަ ތަންތަނުގައި މަސާޖުކޮށްދިނުމުގެ ނަމުގައި ހަށިވިއްކާ މައްސަލަ ބޮޑުވެފައި ވަނިކޮށެވެ.

comment ކޮމެންޓް