ވިޔަފާރިވެރިންގެ ޖަމިއްޔާގެ ސެކްރެޓަރީ އަކަށް އުޅުނު ގއ. މާމެންދޫ ޖަވާހިރުމާގޭ އަޒްލީނާ ނަފީސް މަރާލި، ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވާ، އަބްދުﷲ ޒުހައިރު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ދިއްފުށީ ކައުންސިލް މެމްބަރަކު "ސަން"އަށް ވިދާޅުވީ ޒުހައިރު މަރުވެފައި އޮއްވާ ފެނުނީ އޭނާ މިހާރު ދިރިއުޅެމުންދާ ކ. ދިއްފުށީގައި މިއަދު 11:30 ހާއިރު ކަމަށެވެ.
އޭނާ މަރުވެފައި އޮއްވާ ފެނުނީ އަތިރިމަތީގައި ހުރި ޖޯއްޔެއްގައި ކަމަށާއި އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އަނިޔާއެއް ފެންނަން ނެތް ކަމަށް ވެސް އެ މެމްބަރު ވިދާޅުވިއެވެ.
ޒުހައިރުގެ މަރާ ގުޅިގެން ފުލުހުންގެ ޓީމެއް ދިއްފުއްޓަށް ދަތުރުކުރަމުންދާ ކަމަށް ކައުންސިލް މެމްބަރު ވިދާޅުވިއެވެ.
ޒުހައިރު މަސްތުވާތަކެތި ބޭނުންކުރާ ކަމަށް އެ ރަށު މީހުން ތުހުމަތުކުރެއެވެ.
އަޒުލީނާ މަރާލުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ޒުހައިރު 25 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައި ވަނީ 2002 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައެވެ. ނަމަވެސް ހުކުމް ކުރިތާ 11 އަހަރު ފަހުން، 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އޭނާ ވަނީ މިނިވަންކޮށްފައެވެ.
ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހާނާގެ ތެރޭގައި އަޒްލީނާ މަރާލާފައި އޮއްވައި ފެނުނީ 2001 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފަސް ވަނަ ދުވަހުއެވެ.
އެ މައްސަލައިގައި ޒުހައިރުގެ އިތުރުން ގދ. ހޯނޑެއްދޫ، ސަވޭރާ އިބްރާހީމް ހަމްދީ އާއި އެ ރަށު ހުސްނުހީނާގޭ އަބްދުﷲ އިސްމާއީލް ވެސް އުމުރަށް ޖަލަށްލާން ހުކުމްކުރިއެވެ.
comment މޮނީކާ
2 year 2 month ago
ކީއްވެތަ މީނަގެ ކުޅުދުއްފުށީ އެޑްރެސް ބުނެ ނުދެވެނީ. ކުޅުދުއްފުށްޓަކު ނޫޅޭ ތީނަ ދަންނަމީހެއް. ޒުހައިރު އަޒުލީނާ މަރާލި ދުވަސްވަރު މިރާއްޖެގައި ޤަތުލުކުރުން ޢާންމެއްނޫން. އެކަމަކު ހީވަނީ މިޤައުމަށް އެންމެ ނުބައި ނުލަފާ މީހާ އުފަން ރަށަކީ ކުޅުދުއްފުށީހެން. ޒުހައިރުގެ ތަފުސީލަށް ނުވަތަ ކޮންޒުހައިރެއްކަން ބުނެދޭން ކުޅުދުއްފުށްޓަށް ނިސްބަތްވާ ޒުހައިރުއޭ ބުނެދޭންޖެހޭ ސަބަބެއް ނޯންނާނެ. އަޒުލީނާ ނަފީސްގެ ޤާތިލު ޒުހައިރޭ ބުނީމަ ނޭނގޭނެ ދިވެއްސެއް ނުހުންނާނެ. ހަޖަމު ނުވަންޏާ ކޮމެންޓް ނުޖެހިޔަސް ބުނަންވާ އެއްޗެއްމީ. މިކަމަށް އެއްބަސްނުވާނީ ތަންދޮރު ނޭނގޭ މީހުން.
comment ގެދޮރު
2 year 2 month ago
ބޮޑެތި ކުއްވެރިން ދޫކޮށްލާފަ މި ތިބެނީ ބެނުންތާކު ބޭނުން ގޮތަކަށް އުޅެން..
comment ނުރަބޯ
2 year 2 month ago
އެހެން މީހަކު މަރާލާފަ ޚުދު ތިމާމީހާއަކަށް ވެސް މަރަކަށް ނުފިލުނުތާ.
comment އަޛާދު
2 year 2 month ago
މީނަ ކޮންއިރަކު ކިހެނެތް ކުޅުދުއްފުއްޓަށް ނިސްބަތްވީ.؟؟ ކޮބާ މީނަގެ ކުޅުދުއްފުށީ އެޑްރެހަކީ؟
comment ޖާބެ
2 year 2 month ago
މިއީ މިކަން އޮއްނަގޮތްބާ