މާއެނބޫދޫ ބަލިކޮށް ދ. އަތޮޅުގެ ޗެމްޕިއަންކަން ކުޑަހުވަދުއަށް

ކުޑަހުވަދޫން ދ. އަތޮޅުގެ ތަށި އުފުލާލަނީ--- ފޮޓޯ/ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ގޯލްޑެން ފުޓްސަލް ޗެލެންޖު 2023ގެ ދ. އަތޮޅުގެ ފައިނަލްގައި މާއެނބޫދޫ ބަލިކޮށް ކުޑަހުވަދޫން އެ އަތޮޅުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ރޭ ހުޅުމާލެ ރެހެނދި ފުޓްސަލް ދަނޑުގައި ކުޅުނު އެ މެޗު ކުޑަހުވަދޫން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނުނު އެ މެޗުގައި ފުރަތަމަ ގޯލުޖަހައި ލީޑު ނެގީ މާއެނބޫދޫއިންނެވެ. މެޗުގައި އެ ޓީމުން ޖެހި ދެ ގޯލު ވެސް ޖެހީ އަހުމަދު މަހުދޫމެވެ.

މީގެއިތުރުން މެޗުގައި ކުޑަހުވަދޫގެ ގޯލުތައް ޖެހީ ޖުމައިލް ޖަމީލްއާއި، ހާރޫން އިބްރާހީމްގެ އިތުރުން އިރުފާން އާދަމް ނަސީރުއެވެ.

ކުޑަހުވަދޫއާއި މާއެނބޫދޫ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސަން ސިޔާމް މީޑިއާއެވެ. ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.

comment ކޮމެންޓް