މާފަންނު ފިހާރައެއް ތެރޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީފި

މާފަންނު ފިހާރައެއްގެ ތެރޭގައި މީހެއްގެ ގަޔަށް ވަޅި ޖަހައި ޒަޚަމްކޮށްލުން -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

މާފަންނު ބީޖީ ގަރާޖު ކައިރި ހުރި ފިހާރައެއްގެ ތެރޭގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

މި ހާދިސާ ހިނގީ މިރޭ 21:30 ހާއިރުގައެވެ. ހާދިސާ ހިނގީ ކްރާސާ ނަމަކަށް ކިޔާ ފިހާރައެއްގެ ތެރޭގައެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ ފިހާރަށް އެ ޒުވާނާވަނީ އޭނާ ހޯދަމުން ދިޔަ ބަޔަކަށް ފިލުމަށެވެ. އޭނާ ފިހާރައިގެ ތެރޭ ހުއްޓައި ސައިކަލެއްގައި އައި ދެ މީހަކު އެ ފިހާރައަށް ވަދެ، އޭނާއަށް ހަމަލާ ދިނީ ކަމަށް "ސަން"އަށް މައުލޫމާތު ލިބިފައިވެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ހާދިސާގައި އަނިޔާވެފައި ވަނީ 30 އަހަރުގެ ފިރިހެނަކަށް ކަމަށާއި އައިޖީއެމްއެޗްގެ އެމާޖެންސީގައި އޭނާއަށް ފަރުވާދެމުންދާ ކަމަށެވެ.

comment ކޮމެންޓް