MTCC
Ooredoo

ރައީސްގެ ދިފާއީ ސިޔާސަތަކީ ވިސްނުންތެރިކަމާއެކު ގައުމުތަކާ ގުޅުން ބަދަހިކުރުން: މާރިޔާ

17 ފެބްރުއަރީ 2023: ރައީސް ޞާލިހަށް އެމްޑީޕީ ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ބޭއްވި ޖަލްސާގައި މިނިސްޓަރު މާރިޔާ ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ދިފާއީ ސިޔާސަތަކީ ވިސްނުންތެރިކަމާއެކު ގައުމުތަކާ ގުޅުން ބަދަހިކުރުންކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

Ooredoo

އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ކާނިވާގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މާރިޔާވަނީ ކުރީގެ ސަރުކާރުގައި އަސްކަރީ ސިޔާސަތުތައް ބައްޓަން ކުރި ގޮތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އެގޮތުން އެއިރު ސިފައިން ތަމްރީނުކުރީ އެއްވެސް ހިތްވަރެއް ނެތް ބައެއްގެ ގޮތުގައިކަމަށާއި އެހެން ނަމަވެސް މިހާރު ސިފައިން ތަމްރީނުކުރާނީ ކެރޭ ހިތްވަރު ބައެއްގެ ގޮތުގައިކަމަށެވެ.

މީގެ އިތުރުން މާރިޔާ ވަނީ ކުރިން އަސްކަރިއްޔާގައި އުޅުނު މީހަކަށް ވެ ހުރެ، ޕީޕީއެމްގެ އެކްޓިވިސްޓް އަބްދުއް ސަމަދު އިންޑިއާ އިމިގްރޭޝަންގައި ހިފެހެއްޓުމުން އޭނާގެ ފަރާތުން ފެނުނު ކަންކަމަށް ފާޑު ވިދާޅުވެފައެވެ. އަދި މި ސަރުކާރުގެ ދިފާއީ ސިޔާސަތުގައި އެއްވެސް ގައުމެއް ދުރުކުރުން ނޯންނާނެކަމަށް ވެސް ވިދާޅުވިއެވެ.

"މާތް ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސިފައިންނާ ފުލުހުންގެ އެ ހިތްވަރު ހުންނާނެ. އިމިގްރޭޝަން ފިނިކޮޓަރީގައި ތިބެފައި އައިސް ރޮޔެއް ނުގަންނާނެ. ހެދެނީ ނެހެދެނީ ކިހިނެއް ކަމެއް ނޭނގިގެން އުޅޭނެ ބައެއް ނޫން އަޅުގަނޑުމެން މި ތައްޔާރުކުރަމުން ދަނީ. ރައީސްގެ ދިފާއީ ސިޔާސަތަކީ ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއެކީގައި ކަންކަން ކުރައްވައި، ރަހުމަތްތެރިކަމާއެކީގައި ހުރިހާ ގައުމަކާ އެކީގައި ވެސް އުޅުއްވައި...،" މާރިޔާ ވިދާޅުވިއެވެ.

ޖަލްސާގެ ތެރެއިން ވާހަކަދެއްކި ގިނަ ބޭފުޅުންވަނީ ކުރީގެ ވެރިކަމުގައި ކަން ހިނގައިދިޔަ ގޮތާމެދު ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަަވައިފައެވެ.

އެއާއެކު މާރިޔާވަނީ ރައީސް ޞާލިހު ވެރިކަމުގެ އިތުރު ދައުރަކަށް ހޮވައި މިހާރު ގައުމު ކުރިއަށް ދާ ހެޔޮ ވެރިކަމުގައި ކުރިއަށް ދިއުމުގެ ފުރުސަތު ރައްޔިތުން ދޭންޖެހޭ ކަމަށް ވިދާޅުވެފައެވެ.

Redstar
comment ކޮމެންޓް

comment އަހައްމަދޫ

2 year 2 month ago

އެހެންވެ ދެއްތޯ އެހާ ސްލޯވަނީ

comment ހަސަންބެ

2 year 2 month ago

ކަލޭމެން ދިވެހިގައުމުގެ އަސްތިގުލާލުނަގާލާ ދިވެހިވަކިފަރުދުންނައްވެސް އަންދިއަމެދުވެރިކޮއްޖެއްސުންކޮއް ނިކަމެތިކަންދީފަ ޕޯޑިއަމްތަކައްއަރާ މަލާމަތްކުރުމުން ކަލޭގެ އަސްލުސިފަ އިތުރައްވީބޭޒަރު ދިވެހިސިފައިން ކަލެއައްވުރެގިނައިން މަލާމަތްކޮއްފުރައްސަރަކުރި 2 ވަނަމީހަކުނުވޭ މަނީ މަނީ ޔޭސް ސަރ ވަލުކުއްތާ ތަކެކޭ ކިއާ ކުރި މަލަމާތް ހަދުމައެބަހުރިތަ. މިހަރު ގެތަފާތަކި ދިފާއީ ބަރުވެސް އަންޑިއަގެ އަޅުވެތިކަމައް ބޯގުދުކުރުވާ ޖޭހިންދު ކިއުއްވުން...

comment ފައުޒީ

2 year 2 month ago

ގައުމުގެ ސުޓުރެޓިޖިކް ކަންކަންމާއި ތަންތަން ބޭރުގައުމެއްގެ މުށުތެރެއަށް ދިނުމަކީ ކޮން ކަހަލަ ވިސްނުން އިސްކުރުމެއްބާ.؟ އެކަންކަމުގެ ނަތީޖާ އެބަ ވިސްނޭތަ.؟

comment ހަމަހޭ

2 year 2 month ago

ސިޔާސަތަކީ މޯޑީ ލާރި ދިނީމަ ގޮސް ދިން ކޮންމެ އެއްޗެއްގަ އުންމަ ދީ ދޫލުން