އީ-ޓުކުރިން ކުޑަކުދިންނަށް ޚާއްސަ ކުރެހުމުގެ މުބާރާތެއް ހުޅުމާލޭގައި ބާއްވަނީ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޚާއްސަ އީ ކޮމާސް ޕްލެޓްފޯމް، އީ-ޓުކުރިން މާލެ އާއި ހުޅުމާލެގައި ދިރިއުޅޭ ކުޑަކުދިންނަށް ޚާއްސަ ކުރެހުމުގެ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

އެ ކުރެހުމުގެ މުބާރާތް އޮންނާނީ މިމަހުގެ 24 ވަނަ ދުވަހުގެ ހަވީރު ހަތަރަކުން ހަޔަކަށް ހުޅުމާލެ ރުއްގަނޑު ސަރަހައްދު-1ގައެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ. މި މަހުގެ 24 ވަނަ ދުވަހުގެ ހަވީރު، ހުޅުމާލެ ރުއްގަނޑު-1އަށް ގޮސް، މުބާރާތުގައި ބައިވެރިވުމުން އެ ކުއްޖެއްގެ ކުރެހުން މުބާރާތުގައި ހިމެނޭނެއެވެ.

މި މުބާރާތުން އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ވެސް 500 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އިނާމު ހާސިލް ކުރާ ކުދިންގެ ނަންތައް އީ-ޓުކުރިން އެ ބްރޭންޑުގެ ސޯޝަލް މީޑިޔާ ޕްލެޓްފޯމުތައް މެދުވެރިކޮށް، މި އަންނަ މަހުގެ އެއްވަނަ ދުވަހު އިއުލާން ކުރާނެއެވެ.

View this post on Instagram

A post shared by eTukuri.mv (@etukuri.mv)

މި މުބާރާތުގެ މައިގަނޑު މަގުސަދަކީ އެކުވެރި މާހައުލެއްގައި ކުޑަކުދިންނަށް، އެކުދިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް އީ-ޓުކުރިން ބުނެއެވެ.

އީ-ޓުކުރިއަކީ ޒަމާނީ ޓެކްނިލޮޖީގެ އެހީގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އޮންލައިންކޮށް ވިޔަފާރިކުރުމާއި، ތަފާތު ބާވަތްތަކުގެ މުދާ ގަނެ ވިއްކުމަށް އުފައްދާފައިވާ އީ-ކޮމާސް ޕްލެޓްފޯމްއެކެވެ.

މޯލްޑިވްސް ޕޯސްޓުގެ އީ-ޓުކުރި ޕްލެޓްފޯމްގެ އަމާޒަކީ ރާއްޖޭގެ އެކި ރަށްތަކާއި އެކި ހިސާބުތަކުގައި ދިރިއުޅޭ ފަރާތްތައް ގުޅުވާލާ ވިޔަފާރި ކުރުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމެވެ.

comment ކޮމެންޓް