ސޮނީ ފިޝިންއިން ތަފާތު ގޮތަކަށް ބާއްވާ މަސްރޭހެއް

ސޮނީ ފިޝިންއާއި ޔުނިކްސް ސްޕޯޓްސް ގުޅިގެން ހަދާފައިވާ "ކަނޑު ފޯރި" ވާޗުއަލް ފިޝިން އެޕް ލޯންޗު ކުރުމުގެ ގޮތުން ބާއްވާ "ކަނޑު ފޯރި" މަސް ރޭސް މި މަހުގެ 18ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

މި މުބާރާތުގައި "ކަނޑު ފޯރިި" އެޕް ދައްކާލުން އޮންނާނެއެވެ. މި މަސްރޭހުގައި ބާނާ މަހުގެ ފޮޓޯ ކަނޑު ފޯރި އެޕް ބޭނުންކޮށްގެން ބައިވެރިންގެ އަމިއްލަ ޕްރޮފައިލަށް އަޕްލޯޑުކޮށް ޕޮއިންޓު ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.

ކަނޑު ފޯރީގެ ފުރަތަމަ ރޭހަށްފަހު ކޮންމެ މަހަކު ރޭހެއް ބާއްވަން ނިންމާފައިވާއިރު، ކުރިއަށް އޮންނަ މުބާރާތްތަކުގައި އޮންލައިންކޮށް ބައިވެރި ވެވޭނެއެވެ.

މަސް ރޭސް އިންތިޒާމުކުރާ ޔުނިކްސް ސްޕޯޓްސްއިން މައުލޫމާތު ދިން ގޮތުގައި ކަނޑު ފޯރީގެ ފުރަތަމަ މަސް ރޭހުގައި "ކަނޑު ފޯރި" އެޕާ ގުޅޭގޮތުން މަސްވެރިކަމުގައި އުޅޭ ގިނަ މީހުންނަށް މައުލޫމާތު ދޭނެއެވެ.

ޔުނިކްސް ސްޕޯޓްސްއިން، ބުނީ އޮންލައިން އެޕެއް ބޭނުންކޮށް މަސް ރޭސް ބޭއްވުމުގެ އެންމެ މުހިންމު ބޭނުމަކީ ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމަށް ހިތްވަރުދިނުން ކަމަށެވެ.

ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް އެޕް ބޭނުންކޮށް މި މަސްރޭހުގައި ބައިވެރިވެގެން ޕޮއިންޓު ހޯދުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ކަނޑައެޅިފައިވާ އިނާމުތައްވެސް ހޯދޭނެއެވެ.

މީގެ އިތުރުން، މަސް ހިފައިގެން ކިރަން އަންނަ އުސޫލު ނިނުމަކަށް ގެނެސް "ކަނޑު ފޯރި" މަސް ރޭހުގެ ބައިވެރިންނަށް ފޮޓޯ ނަގައި އަޕްލޯޑު ކޮށްލައިގެން ވެސް ޕޮއިންޓު ހޯދޭނެއެވެ. އެހެންކަމުން ކަނޑު ފޯރި މަސް ރޭހަކީ ސްޕޯޓްސް ފިޝިންއާއި އަތު ނަނުގެ މަސްވެރިކަން ކުރާ މީހުންނަށް ރަނުގެ ފުރުސަތަކަށް ވާނެއެވެ.

ތަފާތު ގޮތަކަށް ކުރިއަށް ގެންދާ މި މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި މަސްރޭހުގައި ބައިވެރި ވުމުގެ މުއްދަތު ހަމަވާނީ އަންނަ ބުދަ ދުވަހަށެވެ.

ދެ ކަޓަރަގީއަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ "ކަނޑު ފޯރި" މަސް ރޭހުގެ ކެޓަގަރީތަކަކީ ސްޕޯޓްސް ފިޝިންއާއި އަތުނަނުގެ މަސްވެރިކަމެވެ. އެގޮތުން ޓީމު ހަދައިގެންނާއި ވަކިން ވެސް މުބާރާތުގައި ބައިވެރިވެވޭއިރު، ސްޕޯޓްސް ފިޝިންގައި ބައިވެރިވާ ޓީމުތަކުގައި ބައިވެރިވެވޭނީ އެންމެ ގިނަ ވެގެން އަށް ބައިވެރިންނަށެވެ. އަދި އަތުނަނުގެ ކެޓަގަރީގައި ބައިވެރިވާ ޓީމުތަކުގައި ތިބެވޭނީ ގިނަވެގެން 10 މެމްބަރުންނަށެވެ.

"ކަނޑު ފޯރި" މަސް ރޭހުގެ ފުރަހަމަ ރޭހުގައި ބައިވެރިވާ މީހުންނަށް ފައިސާގެ އިނާމުތައް ވަނީ ހުށަހަޅާފައެވެ. އެގޮތުން މި މުބާރާތުގެ ދެ ކެޓަގަރީއިން ވެސް އެއްވަނަ ލިބޭ މީހަކަށް 15،000 ރުފިޔާގެ ފައިސާގެ އިނާމަކާއި 10،000 ރުފިޔާގެ ގިފްޓު ވައުޗާއެއް ލިބޭނެއެވެ.

މިރޭހުގައި ބައިވެރިވުމަށް ބޭނުންވާ މީހުން ރަޖިސްޓްރީވުމަށް 7388536 ނަންބަރާ ގުޅައި، މައުލޫމާތު ސާފުކުރެވޭނެއެވެ.

އަދި ކަނޑުޕޯރި ވެބްސައިޓުން ވެސް ރަޖިސްޓްރޭޝަން ފުރިހަމަ ކުރެވޭނެއެވެ.

comment ކޮމެންޓް