"ގެދޮރުވެރި ކުރުން" ފްލެޓްތަކަށް ކުލި ދައްކަން ލުއިތަކެއް ދެނީ

ހުޅުމާލެއިން ދޫކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ފްލެޓެއް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

"ގެދޮރުވެރިކުރުން ޕްރޮގްރާމް"ގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ކުލި ނުދެއްކި ހުރި ފަރާތްތަކުން ދައްކަންޖެހޭ ކުލި ރީޝެޑިއުލް ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ގެދޮރުވެރިކުރުން ޕްރޮގްރާމްގެ ދަށުން ދޫކޮށްފައިވާ 704 ފްލެޓްގެ ތެރެއިން އެކިއެކި ސަބަބު ތަކާހުރެ ބޯހިޔާވަހިކަމަށް ދައްކަންޖެހޭ މަހުކުލި ނުދެއްކި ހުރި ފަރާތްތަކުން އައުޓްސްޓޭންޑިން އާއެކު ކުލީގެ ޕޭމަންޓް ރީޝެޑިއުލް ކުރުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ ފްލެޓްތަކަށް ދައްކަންޖެހޭ މަހު ކުލި ރީޝެޑިއުލް ކުރަން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީއަށް ސިޓީއަކުން ހުށަހަޅަންޖެހޭނެ ކަމަށެވެ.

ގެދޮރުވެރިކުރުން ޕްރޮގްރާމް ފެށީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. މިއީ ޗައިނާ ސަރުކާރުން ދިން ލޯނަކުން ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަންއާ (ސީއެމްއީސީ) އާ ހަވާލުކޮށްގެން އެޅި ފްލެޓްތަކެކެވެ.

comment ކޮމެންޓް