ކޮޅުފުށީގައި 100 ހައުސިން ޔުނިޓު އަޅަން އާރްސީސީއަށް

މ. ކޮޅުފުށީގައި 100 ހައުސިން ޔުނިޓު އަޅަން އާރްސީސީއާއެކު އެއްބަސްވުމުގައި ސޮއިކުރަނީ-- ފޮޓޯ/ މިނިސްޓްރީ

މ. ކޮޅުފުށީގައި 100 ހައުސިން ޔުނިޓު ތަރައްގީ ކުރުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިން ޑިޕާޓްމެންޓުގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ވިޝާން ނަސީމެވެ. އާރްސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޕްރޮޖެކްޓްސް ޑިރެކްޓަރު އާދަމް ރަހީމެވެ.

ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިން ޚަރަދު ކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރާ ހައުސިން ޔުނިޓުތަކުގައި ހިމެނޭނީ:

  • 3 ކޮޓަރި
  • 3 ފާހާނާ
  • ސިޓިން ރޫމު
  • ބަދިގެ
  • ކާގެ
  • ލޯންޑްރީ އަދި ސްޓޯ ރޫމް

ޖުމުލަ 117 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 365 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.

އެންހާހަށްވުރެ ބޮޑު އާބާދީއެއް އޮންނަ ކޮޅުފުއްޓަކީ ބޮޑު މިނުގައި 76 ހެކްޓަރު ހުންނަ ރަށެކެވެ.

comment ކޮމެންޓް