ޔޯގާ މައްސަލަ: ދެ ޝެއިޚުންގެ މައްޗަށް ކުރާ ޓެރެރިޒަމް ދައުވާގެ އަޑުއެހުމެއް މާދަމާ ބާއްވަނީ

އައްޝައިހް އާދަމް ނިޝާން ބިން އަލީ އާދަމާއި އައްޝައިހް ފަޒްލޫން މުހައްމަދު ---

ޝެއިހު ފަޒްލޫން މުހައްމަދާއި އާދަމް ނިޝާންގެ މައްޗަށް ކުރާ ޓެރެރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގެ ދައުވާގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ.

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރި ވަގުތު ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުމާ ގުޅިގެން އެ ދެ ޝެއިހުންގެ މައްޗަށް ދައުލަތުން ވަނީ ޓެރެރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގެ ދައުވާކޮށްފައެވެ.

https://sun.mv/168815

ދެ ޝައިޚުންގެ ޝަރީއަތުގެ އަޑުއެހުން ވެސް ތާވަލުކޮށްފައި ވަނީ މާދަމާ ހެނދުނު 9:00އަށެވެ.

މިއަދު ވަނީ ޝައިޚު ފަޒްލޫނާއި ނިޝާނަށް ވެސް މާދާމާ ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް އަންގާ ޗިޓު ފޮނުވައިފައެވެ.

މާދަމާގެ އަޑުއެހުމަކީ އެ މައްސަލައިގެ ދެވަނަ އިބްތިދާއީ އަޑުއެހުންކަމަށް ވާއިރު، މާދަމާ އޮންނާނީ އެ މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާއަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ދިނުމެވެ.

އެ މައްސަލާގައި އެންމެ ފުރަތަމަ އަޑުއެހުންތައް ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

https://sun.mv/169325

ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އިބްތިދާއީ އަޑުއެހުމަށް އެ ދެ ޝެއިހުން ވެސް ވަޑައިގަތީ ވަކީލަކާ ނުލައެވެ. އަދި އަޑުއެހުން ފެށުމުން ދެ ޝެއިހުން ވެސް ވިދާޅުވީ މައްސަލައިގައި ކުރިއަށް ދާން ބޭނުން ވަނީ ވަކީލެއްގެ ހާޒިރުގައި ކަމަށެވެ. ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ މުއްދަތެއް ދިނުމަށް އެ ދެ ޝެއިހުން ވެސް އެދިވަޑައިގަތެވެ.

މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު އެ ދުވަހުގެ އަޑުއެހުން ނިންމާލާފައި ވަނީ ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ މުއްދަތެއް ދީފައެވެ.

ގަލޮޅު ދަނޑުގައި އެ ދުވަހު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރު ކުރި އެންމެން ވެސް މިހާރު ވަނީ ދޫކޮށްލައިފައެވެ. އަދި ދެ ޝެއިހުން ހިމެނޭހެން ޖުމުލަ 18 މީހެއްގެ މައްޗަށް ދައުލަތުން ވަނީ އެކިއެކި ދައުވާކޮށްފައެވެ.

comment ކޮމެންޓް