ދިރާގުން 23 ރުފިޔާއަށް 23 ޖީބީ ލިބޭ ސަޅި ޕެކޭޖެއް

ދިރާގުގެ ޕްރޮމޯޝަން

ދިރާގުން އެކުންފުނީގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް 23 ރުފިޔާއަށް 23 ޖީބީގެ ސޯޝަލް މީޑިޔާ ޑާޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޑޭޓާ ބޭނުންކޮށްގެން ވައިބާ، ވަޓްސްއެޕް، ފޭސްބުކް، އިންސްޓަގްރާމް، ޓްވިޓާ، ސްނެޕްޗެޓް އަދި ވީޗެޓް ފަދަ ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކުރެވޭނެއެވެ.

ދިރާގުގެ ކަސްޓަމަރަން މި ޕެކް އެކްޓިވޭޓް ކުރާ ދުވަހުގެ ރޭގަނޑު 23:59 އާ ހަމައަށް ވެލިޑިޓީ ލިބޭނެއެވެ. މި އެޑް-އޮން ޕެކް ދިރާގު އެޕް މެދުވެރިކޮށް ނުވަތަ 343އަށް ކީވޯޑް '2023' ޖަހާފައި އެސްއެމްއެސް ކޮށްލައިގެންވެސް ނެގޭނެއެވެ. އަދި މި ސޯޝަލް މީޑިއާ އެޑް-އޮން ދިރާގުގެ ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށްވެސް ނެގޭނެއެވެ.

ދިރާގުގެ ސްޓޭންޑަޑް ޕްރީޕެއިޑް ޕްލޭންތަކަށް ސަބްސްކްރައިބް ކުރައްވާ ކަސްޓަމަރުންނަށް މީގެ އިތުރަށް ވެސް ތަފާތު ގިނަ ޕްލޭންތަކެއްވަނީ ފަރުމާކުރެވިފައެވެ. އޭގެ ތެރޭގައި:

- ދިރާގު ކޮމްބޯ ޕްލޭންސް – މިއީ ކަސްޓަމަރުން ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް، އަދި އެސްއެމްއެސް ހިމެނޭ ގޮތަށް ފަރުމާކުރެވިފައިވާ ޕްލޭނެކެވެ. މި ޕްލޭންތަކާ ބެހޭ އިތުރު މައުލޫމާތު ދިރާގުގެ ވެބްސައިޓުން ލިބޭނެއެވެ.

- ސަޅި ޕްރީޕެއިޑް ޕްލޭންސް – ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިޚްތިޔާރު ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ މި ޕްލޭންއާއިއެކު ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެއެވެ.

- މަމެން – ޒުވާޏުންނަށް ޚާއްސަކޮށްގެ ފަރުމާކޮށްފައިވައި މި ޕްލޭންއަކީ ޑޭޓާ، ވޮއިސް، އަދި އެސްއެމްއެސް އެލަވަންސް ބޭނުންގޮތަކަށް ފަރުމާކޮށްލެވޭ ޕްލޭންއެކެވެ. މީގެ އިތުރުން މަމެން ކަސްޓަމަރުންނަށް ކްރެޑިޓް އެހެން މަމެން ޔޫޒަރުންނަށް ޓްރާންސްފަރވެސް ކޮށްލެވޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް