ހުޅުމާލޭގައި އެކްސިޑެންޓެއް، ހަތަރު މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެނީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓް -- ފޮޓޯ: އެމްވީ ކްރައިސިސް

ހުޅުމާލޭ ވިލާ ޕެޓްރޯލް ޝެޑް ސަރަހައްދުގައި މިރޭ އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީީޑިިއާ އޮފިޝަލަކު ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައި ވަނީ ދެ ސައިކަލް ޖެހިގެން ކަމަށެވެ.

މި އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މިރޭ އިރުއޮއްސި 6:45 ކަންހާއިރެވެ. މި އެކްސިޑެންޓްގައި އަނިޔާވި މީހުނަށް ލިބިފައި ވަނީ ކޮންކަހަލަ އަނިޔާތަކެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް