ސަޔާއެކު ބިސްކޯދު ކާން ޖެހޭ މިންވަރު އެނގޭތެ؟

ސަޔަކީ ދިވެހިންނާ ވަރަށް އެކުވެރި ބުއިމެކެވެ. ކޮންމެ ގަޑިއެއްގެ ކެއުމަކާއެކު ވެސް ދިވެހީން އެންމެ ގިނައިން ބުއިމަށް ބޭނުންކުރާނީ ސައެވެ. އެއްބައި ފަހަރު ކަޅު ސައެވެ. އަނެއް ބައި ފަހަރު ކިރު ސައެވެ. ސައި ބޯ ގިނަ ފަހަރަށް އެއާއެކު ބިސްކޯދު ކޮންމެހެން ކައެވެ. ނަމަވެސް މިއީ ލިމިޓަކަށް ކާން ޖެހޭ އެއްޗެއް ކަން އެނގޭ ހެއްޔެވެ؟

ދިވެހީންނަށް ގިނަ ފަހަރަށް ސައި ބޮވެނީ ބިސްކޯދާއެކުގައެވެ. ހާއްސަކޮށް ކްރީމް ކްރެކާ ބިސްކޯދަކީ ދިވެހިންނަށް އެވަރުގެ ދެވަނައެއް ނެތް އެއްޗެކެވެ. ނަމަވެސް މި ބިސްކޯދަކީ ގިނައިން ކެއުމަށް މާ ރަނގަޅު އެއްޗެއް ނޫނެވެ. އެހެންވީމާ ދުވާލެއްގެ މައްޗަށް ކްރީމް ކްރެކާ ބިސްކޯދު ކާން ވީ ކިހާވަރަކަށް ހެއްޔެވެ؟

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ޑައިޓަރީ ގައިޑްލައިނުން ބުނާގޮތުގައި މާ ގިނައިން ކްރީމް ކްރެކާ ބިސްކޯދު ކެއުން ސިއްހަތަށް ރަނގަޅެއް ނޫނެވެ.

ގައިޑްލައިނުން ދައްކާގޮތުގައި ކްރީމް ކްރެކާ ބިސްކޯދަކީ ގިނަ އަދަދަކަށް ހަކުރާއި ލޮނުގެ ބާވަތް ހިމެނޭ އެއްޗެކެވެ. އެހެންވީމާ ކޮންމެ ދުވަހަކު މި އާންމުކޮށް ކައި އުޅުމަށް ލަފާ ކުރެވޭ އެއްޗެއް ނޫނެވެ. ސްނެކެއް ނުވަތަ ލުއި ކާނާއެއްގެ ގޮތުގައި މި ބޭނުން ކުރާއިރު ވެސް ކާން އެންމެ ރަނގަޅީ ދޭތެރެއަކުން މަދުމަދުންނެވެ.

ނަމަވެސް މާ ބޮޑަށް ކާ ހިތްވާނަމަ ހަތަރު ބިސްކޯދަށް ވުރެ އިތުރު ނުވާ ވަރަކަށް ކްރީމް ކްރެކާ ކެއުން އެންމެ ރަނގަޅު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކްރީމް ކްރެކާ ބިސްކޯދުގެ ބަދަލުގައި ލުއި ކާނާތައް ބަދަލު ކޮށްލުމަށް އެޗްޕީއޭއިން އިރުޝާދު ދެއެވެ. އޭގެ ބަދަލުގައި ސިއްހަތަށް ފައިދާ ސްނެކްތައް ބޭނުން ކުރުމަށް އެދެއެވެ. އޭގެތެރޭގައި ތާޒާ މޭވާ އާއި ތަރުކާރީ ބޭނުންކުރެވިދާނެއެވެ. އަދި ފިހުނު ސަނާމުގަކީ ވެސް މިގޮތަށް ބޭނުންކުރެވިދާނެ އެއްޗެކެވެ. ނަމަވެސް ސަނާމުގު ކާއިރުވެސް ލޮނު ބޭނުން ނުކޮށް ކެއުމަށް އިރުޝާދު ދެއެވެ.

comment ކޮމެންޓް