މާލެއިން މީހަކު ގެއްލިގެން ހޯދަނީ، ޚަބަރެއް ނުވާތާ ހަ ދުވަސް

ގެއްލިގެން ހޯދަމުން ދަނީ ދ. މާއެނބޫދޫ/ ފަރިމާވިލާ، އުމުރުން 34 އަހަރުގެ ޙަސަން ރަމީޒް--- ފޮޓޯ/ ފުލުހުން

މާލެއިން މީހަކު ގެއްލިގެން ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދަނީ ދ. މާއެނބޫދޫ/ ފަރިމާވިލާ، އުމުރުން 34 އަހަރުގެ ޙަސަން ރަމީޒް ކަމަށެވެ.

މިމަހުގެ ހަ ވަނަ ދުވަހުން ފެށިގެން ޙަސަން ރަމީޒްގެ ޚަބަރެއް ނުވާކަމަށް އާއިލާއިން ބުނެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ.

ފުލުހުން ބުނީ ޙަސަން ރަމީޒް ހޯދުމަށްޓަކައި މިހާތަނަށް ފުލުހުން ކުރި މަސައްކަތުން އޭނާ ފެނިފައިނުވާ ކަމަށާ ޙަސަން ރަމީޒްއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުމަށް އެދޭ ކަމަށެވެ. ނުވަތަ ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792052 އަށް ގުޅައި، މައުލޫމާތު ހިއްސާ ކުރަން ވެސް ފުލުހުން އެދިފައިވެއެވެ.

comment ކޮމެންޓް