މިދިޔަ މަހު އެކަނި 94 ވަރި

ފެމެލީ ކޯޓު --- ސަން ފައިލް ފޮޓޯ

މިދިޔަ ޑިސެމްބަރު މަހު އެކަނި ފެމެލީ ކޯޓުން 94 ވަރި ކޮށްދީފައިވާ ކަމަށް އެ ކޯޓުން ބުނެފިއެވެ.

އެކޯޓުގެ މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އަހަރުގެ އެހެން މަސް މަހާ އަޅާބަލާއިރު، އެ މަހު ވަރީގެ އަދަދު ވަނީ ދަށްވެފައެވެ.

ވަރިއާ ގުޅޭ ޖުމުލަ 144 މައްސަލަ އެ މަހު ވަނީ ހުށަހަޅައިފައެވެ. މަސް ފެށުނު އިރު ވެސް، ނުނިމި އޮތް ވަރީގެ 136 މައްސަލަ ކޯޓުގައި އޮތް އިރު، މަސް ނިމުނު އިރު ވަރީގެ ހުރިހާ މައްސަލަތަކުގެ ތެރެއިން ގޮތެއް ނިންމާފައި ވަނީ 120 މައްސަލައެއްގައެވެ.

އަދި އަހަރު ނިމުނުއިރު ވެސް، ވަކި ގޮތެއް ނުނިންމި ވަރިއާ ބެހޭ 160 މައްސަލައެއް އެ ކޯޓުގައި އޮތެވެ. ވަރިއާ މެދު ޝައްކު އުފެދުނު ހަ ކައިވެންޏެއްގެ މައްސަލަ އެއްވެސް ކޯޓުގައި އެބައޮތެވެ. އަދި ސާބިތުކުރުމުގެ މަރުހަލާގައި އޮތް މައްސަލަތަކުގެ އަދަދު 40 އަރައެވެ.

އެމަހު ޖުމުލަ 309 ކައިވެނި ކޮށްފައިވެއެވެ. އާންމުކޮށް ކޮންމެ އަހަރަކު ވެސް އެ މަހު ކައިވެނި އިތުރެވެ.

މުޅި މަހަށް ބަލާއިރު އެންމެ ގިނައިން ކައިވެނިކޮށްފައިވަނީ މަހުގެ އެންމެ ރީތި ތާރީހު 22/12/22ގައެވެ. އެ ދުވަހު 58 ކައިވެނިކޮށްފައިވެއެވެ.

comment ކޮމެންޓް