ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފި

ހުޅުމާލޭ ދެވަނަ ފިޔަވަހި --- ސަން ފައިލް ފޮޓޯ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރޭ ދަންވަރު މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، ހުޅުމާލޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދިންކަމުގެ ރިޕޯޓު ލިބުނީ ރޭ 01:15 ހާއިރުކަމަށެވެ.

މި މައުލޫމާތު ލިބުމާއެކު، ފުލުހުން ސީންއަށް އެޓެންޑްވެ އަނިޔާ ލިބުނު މީހާ ހޮސްޕިޓަލަށް ގެންދިޔަކަަމަށް ފުލުހުން ބުންޏެވެ. މި ހާދިސާގައި އަނިޔާވީ އުމުރުން 26 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

comment ކޮމެންޓް