ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 11 ކިލޯގެ ކެނަބިސް އަތުލައިގެންފި

މާލޭގައި ހިންގި އޮޕަރޭޝަނުގައި އަތުލައިގަތް 11 ކިލޯގެ މަސްތުވާތަކެތި -- ސީޕީ ހަމީދު / ޓްވިޓަރ

ފުލުހުން މާލޭގައި ހިންގި ބޮޑު އޮޕަރޭޝަނެއްގައި 11.26 ކިލޯގެ ކެނަބިސް އަތުލައިގެންފިއެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިއްޔެ ހަވީރު ފުލުހުންގެ ކައުންޓަރ-ނާކޮޓިކްސް ޓީމުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ފަސް ސަރަހައްދެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ.

އަދި، 11.26 ޑްރަގާއެކު ހަތަރު މީހަކުވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިގޮތުން، މާލޭގެ ހަތަރު ސަރަހައްދަކާއި ހުޅުމާލޭގެ ސަރަހައްދެއް ވަނީ ބަލާ ފާސްކޮށްފައެވެ. މި މައްސަލައާއި ގުޅިގެން އިތުރު ތަހުޤީޤުކުރަމުން އަންނަކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.

ފަހަކަށް އައިސް ހިންގާ މިފަދަ އޮޕަރޭޝަންތަކުގައި އަތުލައިގަންނަ މަސްތުވާތަކެތީގެ އަދަދު ވަނީ އިތުރުވެފައެވެ. އެކަމަކު، އެފަދަ މައްސަލަތަކުގައި ހައްޔަރުކުރާ މީހުން ދޫވާ ކަމުގެ ޝަކުވާ ބޮޑެވެ.

comment ކޮމެންޓް