އިންޑިއާގެ އެއް ޓްރިލިއަން ޑޮލަރުގެ ޑިޖިޓަލް އިގްތިސާދުގެ ހުވަފެން ދަމަހައްޓަން ބޭނުން ކަމަށް މައިކްރޯސޮފްޓްގެ ސީއީއޯ ސަތުޔާ ނަޑެލާ ވިދާޅުވެއްޖެއެވެ.
އިންޑޯ އޭޝިއަން ނިއުސް ސާވިސް (އައިއޭއެންއެސް) އަށް ނަޑެއްލާ ވިދާޅުވީ ކުރިއަރާފައިވާ ގައުމުތަކާ އަޅާ ބަލާއިރު ޖީޑީޕީގެ ނިސްބަތުން އިންޑިއާގެ ޓެކްސް ހަރަދުތައް އާންމުވަމުން އަންނަ ކަމަށާއި މިހާރު އެ ގައުމު އޮތީ ގަދަ 10 ގައުމުގެ ތެރޭގައި ކަމަށެވެ.
"އަޅުގަނޑު ސުވާލު ކުރަން، އިންޑިއާއިން އެގައުމުގެ ޓެކް ދާއިރާއަށް އިތުރަށް ޚަރަދުކޮށްފިނަމަ ވާނީ ކިހިނެއްތޯ؟ ދުނިޔެއަށް ލިބޭ އުފެއްދުންތެރިކަމުގެ ފައިދާއަކީ ކޮބައި ހެއްޔެވެ؟ އަދި މިތަނުގައި އަޅުގަނޑުމެން ބޭނުންވަނީ ދުނިޔޭގެ ފެންވަރުގެ ހުށަހެޅުންތަކާ އެކު ކުރިއަށް ދާން،" އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބޭނުންވަނީ އިންފްރާސްޓްރަކްޗާ ޕްރޮވައިޑަރަކަށް ވާން. އަޅުގަނޑުމެން ބޭނުންވަނީ ޑިވެލޮޕަރ އެމްޕްލިފަޔަރަކަށް ވާން. އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ޓެކް ސްޓޭކްގެ ކޮންމެ ބައެއް ވެސް ވަރަށް އަވަހަށް ފޯރުކޮށްދޭން. އެއް ޓްރިލިއަން ޑޮލަރުގެ ޑިޖިޓަލް އިގްތިސާދަކަށް އެ ލީވަރޭޖް ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް،"
"ބްރިކްސް ބިޒްނަސް ފޯރަމް" މިދިޔަ އަހަރު ވާޗުއަލް ކޮށް ފެށުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ އިންޑިއާގެ ޑިޖިޓަލް ސެކްޓާ ވަރަށް އަވަހަށް އެއް ޓްރިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ.
އިންޑިއާގެ އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު ރަޖީވް ޗަންދްރަޝޭކަރު މިދިޔަ ނޮވެމްބަރު މަހު ވަނީ ކުރިއަށް އޮތް 5-7 އަހަރުގެ ތެރޭގައި އިންޑިއާގެ ޓްރިލިއަން ޑޮލަރުގެ ޑިޖިޓަލް އިގްތިސާދުގެ ލަނޑުދަނޑި ހަގީގަތަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.
އައިޓީ އަދި ބީޕީއެމް ދާއިރާ އަކީ އިންޑިއާގެ އިގްތިސާދުގެ އެންމެ ބޮޑު ކުރިއެރުމުގެ ކެޓަލިސްޓަކަށްވެ، އެ ގައުމުގެ ޖީޑީޕީ އާއި ޕަބްލިކް ވެލްފެއާއަށް ވަރަށް ބޮޑު ހިއްސާއެއް ކުރާ ދާއިރާއެކެވެ.
އިންޑިއާ ބްރޭންޑް އިކުއިޓީ ފައުންޑޭޝަނުން ބުނި ގޮތުގައި 2022 ވަނަ އަހަރު އިންޑިއާގެ ޖީޑީޕީގެ 7.4 ޕަސެންޓް ހިއްސާކުރަނީ އައިޓީ އިންޑަސްޓްރީ ކަމަށާއި 2025 ވަނަ އަހަރުގެ ނިޔަލަށް އިންޑިއާގެ ޖީޑީޕީގައި 10 ޕަސެންޓް ހިއްސާ ކުރާނެ ކަމަށެވެ.
ނަޑެއްލާ ވިދާޅުވީ މިހާރު މައިކްރޯސޮފްޓަކީ ހަމައެކަނި ސޮފްޓްވެއާ ކުންފުންޏެއް ނޫން ކަމަށާއި ފުލް ސިސްޓަމްސް ޕްރޮވައިޑަރެއް ކަމަށެވެ.
"އަޅުގަނޑުމެން ކޮންމެ އެއްޗެއް ވެސް ހަދަނީ، އަދި އިންޑިއާގައި ހަދަނީ، އެހެން މީހުންނަށް ވެސް އިންޑިއާގައި ހެދޭނެ ގޮތަށް، އެއީ ކުދި ވިޔަފާރިއަކަށް ވިޔަސް، ޕަބްލިކް ސެކްޓާ ޕްރޮޖެކްޓަކަށް ވިޔަސް،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އާ ޑޭޓާ ސެންޓަރުތައް އެޅުން ފަދައިން އިންޑިއާގައި ވެސް ކެޕިޓަލް އިންވެސްޓް ކުރަމުން އަންނަ ކަމަށެވެ.
"މިހާރު ތިން ޑޭޓާ ސެންޓަރެއް އެބަހުރި، ހަތަރު ވަނަ ސެންޓަރު ވަރަށް އަވަހަށް އަންނަނީ،" އޭނާ ވިދާޅުވިއެވެ.
މައިކްރޮސޮފްޓުން އަންނަނީ އިންޑިއާގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ އާއި ގާބިލްކަމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންނެވެ. އެ ކުންފުނިން ވަނީ ރިސާޗް އެންޑް ޑިވެލޮޕްމަންޓް ސެންޓަރުތަކެއް ގާއިމްކޮށް، ލޯކަލް ޓެކް އިކޯސިސްޓަމް ކުރިއެރުވުމަށް އެހީތެރިވުމުގެ ގޮތުން ވެސް ގިނަ މަސައްކަތްތަކެއް ފަށައިފައެވެ.
މައިކްރޮސޮފްޓުން އިންޑިއާ ސަރުކާރާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، އޭގެ ތެރޭގައި ޑިޖިޓަލް ކޮށް ބާރުވެރި މުޖުތަމައަކާއި ނޮލެޖް އިކޮނޮމީއަކަށް އިންޑިއާ ބަދަލުކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ޑިޖިޓަލް އިންޑިއާ ޕްރޮގްރާމް ހިމެނެއެވެ.