ބްރިޖާއި އެއާޕޯޓު ގުޅޭ ސަރަަހައްދުގައި ކާރެއް ފުރޮޅާލައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ހައިވޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ކާރެއް ފުރޮޅާލާފައި-- ފޮޓޯ: ނާޒިމް

ސިނަމާލެ ބްރިޖާއި އެއާޕޯޓު ގުޅޭ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ ބްރިޖް މަތިން ދުއްވާފައި ދިޔަ ކާރެއް ފުރޮޅާލާފައިވާ ކަމަށް 14:47 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށާއި، މިވަގުތު އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ދާ ކަމަށެވެ.

މި އެކްސިޑެންޓުގައި ޕްރައިވެޓް ކާރެއް ފުރޮޅާލައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ފުލުހުން ބުނީ ކާރުގައި ތިބީ ދިވެހި ދެ ފިރިހެނުން ކަމަށާއި އޭގެން މީހަކަށް އަނިޔާއެއް ނުވާ ކަމަށެވެ.

އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް ވެސް އަދި ނޭނގެއެވެ. އާއްމުކޮށް މިފަދަ އެކްސިޑެންޓްތައް ހިނގަނީ މާ ބާރަށް ދުއްވުމުގެ ސަބަބުންނެވެ.

comment ކޮމެންޓް