ކްލަބް ފުޓްބޯޅައިގެ ހުރިހާ މެޗެއް މީޑިއާނެޓުން ލައިވްކޮށް ދައްކާނެ

މާދަން ފެށުމަށް ހަމަޖެހިފައިވާ ޕްރެމިއާ ލީގުގެ މެޗުތައް މީޑިއާނެޓްގެ އެކި ޗެނަލްތަކުން ފެންނާނެ -- ފޮޓޯ

ފޯރިގަދަ ވޯލްޑްކަޕަށް ފަހު ކްލަބް ފުޓްބޯޅައިގެ މެޗުތައް ދެއްކުމަށް މީޑިއާނެޓުން ތައްޔާރުވެއްޖެއެވެ.

މީޑިއާނެޓުން ބުނީ މާދަމާ ފެށުމަށް ހަމަޖެހިފައިވާ ޕްރެމިއާ ލީގުގެ މެޗުތައް މީޑިއާނެޓްގެ އެކި ޗެނަލްތަކުން ވަގުތުން ފެންނާނެ ކަމަށެވެ.

އޭގެ އިތުރުން ލީގް އެކަކާއި ލަލީގާގެ މެޗުތައް ވެސް މީޑިއާނެޓުން ވަގުތުން ފެންނާނެ ކަމަށް ބުންޏެވެ.

މާދަމާ ފަށާ ޕްރެމިއާ ލީގުގައި އެންމެ ފުރަތަމަ ކުޅެން ހަމަޖެހިފައިވަނީ ބްރެންޓްފޯޑްއާއި ޓޮޓެންހަމްއެވެ. އެ މެޗު ދެއްކުމަށް ހަމަޖެހިފައިވަނީ ހަވީރު 05:30ގައެވެ.

comment ކޮމެންޓް