"ޝަރިއާ ސްކޮލާސް ޑައިލޮގް"ގެ ނަމުގައި އެމްއެމްއޭއިން ފޯރަމެއް މިއަދު ބާއްވައިފިއެވެ.
އެ ފޯރަމާ ބެހޭގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ބުނީ، މި ފޯރަމްގެ މަގުސަދަކީ ރާއްޖޭގެ އިސްލާމިކް ފައިނޭންސް ދާއިރާއަށް ދިމާވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތަކަށް ގެނެވިދާނެ ހައްލުތަކާ ބެހޭގޮތުން މަޝްވަރާކުރުން ކަމަށެވެ.
މި ފޯރަމްގައި އިސްލާމިކް ފައިނޭންސް ދާއިރާގެ ބޭފުޅުން އެމްއެމްއޭ ޝަރިއާ ކައުންސިލާ ކުރަން ބޭނުންވާ ސުވާލުތައްކޮށް ދާއިރާއާ ގުޅޭ ކަންކަމުގައި ވަނީ މަޝްވަރާކޮށްފައެވެ.

މަރުކަޒީ ބޭންކުން ކުރިއަށްގެންދިޔަ "ޝަރިއާ ސްކޮލަރސް ޑައިލޮގް" ގެ ތެރެއިން--- ފޮޓޯ/އެމްއެމްއޭ
އެ ފޯރަމްގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު ވިދާޅުވީ، މަރުކަޒީ ބޭންކުގެ ޕޮލިސީތައް ބައްޓަންކޮށްފައި ހުންނާނީ އިސްލާމިކް ފައިނޭންސް އިންސްޓިޓިއުޝަންތަކަށް ވެސް އެހެން ފަރާތްތަކާ ވާދަ ކުރެވޭނެހެން ފަހި ގޮތަކަށް ކަމަށެވެ. އަދި މި ފޯރަމްގައި ލިބޭ ޚިޔާލާއި މަޝްވަރާއާއެކު ޕޮޒިޓިވް ބަދަލުތަކެއް ގެނެވޭނެކަމަށް އުންމީދުކުރައްވާ ކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.

މަރުކަޒީ ބޭންކުން ކުރިއަށްގެންދިޔަ "ޝަރިއާ ސްކޮލަރސް ޑައިލޮގް" ގެ ތެރެއިން--- ފޮޓޯ/އެމްއެމްއޭ
މިއަދު ބޭއްވި މި ފޯރަމްގައި ރާއްޖޭގައި ޚިދުމަތްދޭ ހުރިހާ އިސްލާމިކް ފައިނޭންޝަންލް އިންސްޓިޓިއުޝަންތަކުން ބައިވެރިވިއެވެ.
މި ފޯރަމްގައި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ގުޅިގެން އިސްލާމިކް ފައިނޭންސިން ކުރިއެރުވުމަށް އިތުރަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.