އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ދޫކުރިއިރު ރިޝްވަތުގެ ގޮތުގައި ފައިސާ ނަގައި މަނީލޯންޑާ ކުރި ކަމަށް ތުހުމަތުކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ޝަރީއަތުން އެ މައްސަލަ ބައްލަވާ ގާޒީ އަހްމަދު ޝަކީލް ތަނާޒުލްވެއްޖެއެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަމާން މުހައްމަދު ވަނީ "ސަން"އަށް އެކަން ޔަގީންކޮށްދީފައެވެ.
ނަމަވެސް މި މައްސަލަ ބަލައި، ހުކުމް ކުރުމާ ހަމައަށް އައިސްފައިވަނިކޮށް ކުއްލިއަކަށް، ގާޒީ ޝަކީލް އެ މައްސަލައިން ތަނާޒުލްވި ވަކި ސަބަބެއް ކްރިމިނިލް ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.
މިހާރު އެ މައްސަލައާ ހަވާލުވެފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމު ކަމަށް ވެސް އެ ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.