އަންނަ އަހަރު އިތުރު ތިން ދުވަހު ސަރުކާރު ބަންދުކުރަނީ

ރައީސް އޮފީސް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ އަހަރު ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ތިން ދުވަސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ކަނޑައަޅުއްވައިފިއެވެ.

އެކަން ވަނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއިކުރައްވައި މިއަދު ނެރުއްވި ޚާއްސަ ދެންނެވުމެއްގައި އިއުލާނު ކުރައްވައިފައެވެ.

އަންނަ އަހަރު ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރުކޮށް ކަނޑައެޅި ދުވަސްތަކަކީ އަންނަ އަހަރުގެ ޖޫން މަހުގެ 25ވާ އާދިއްތަ ދުވަހާއި 26ވާ ހޯމަ ދުވަހުގެ އިތުރުން އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28ވާ ބުރާސްފަތި ދުވަހެވެ.

އޭގެ ތެރެއިން ޖޫން މަހުގެ 25ވަނަ ދުވަހާއި 26ވަނަ ދުވަސް ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައެޅީ އަންނަ އަހަރުގެ ހައްޖު ދުވަހާ ދިމާކޮށެވެ.

މީގެ އިތުރުން ސެޕްޓެމްބަރު މަހުގެ 28ވަނަ ދުވަސް ބަންދުކޮށްފައިވަނީ ކީރިތި ރަސޫލާގެ އީދުމީލާދާ ގުޅިގެންނެވެ.

އާ އަހަރު ފެށުމުގެ ކުރިން އެ އަހަރެއްގެ ބަންދު ދުވަސްތައް މިހާރު ކަނޑައަޅައި އިއިލާނުކުރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް