ވީ އެންމެ އަވަހަކަށް ފުނައްޑޫ އޮޕަރޭޝަނަށް ގެނެވޭތޯ ބަލާނަން: ފައުޒީ

މިފްކޯގެ އެމްޑީ އިސްމާއީލް ފައުޒީ ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ ނާއިލް ހުސައިން

ވީ އެންމެ އަވަހަކަށް ތ. ފުނައްޑޫ މަސް ފެކްޓްރީ އޮޕަރޭޝަނަށް ގެނެވޭނެ ގޮތަކާ ގޫޅޭ ގޮތުން ސަރުކާރާ މަޝްވަރާކުރަމުން އަންނަކަމަށް މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ މިއަދު ވިދާޅުވެއްޖެއެވެ.

ފުނައްޑޫ މަސް ފެކްޓްރީ އޮޕަރޭޓު ނުކޮށް ހުންނަތާ ގާތްގަނޑަކަށް 14 އަހަރުވަނީ ވެފައެވެ.

https://www.sun.mv/171119

އެ އަތޮޅުގައި މަސްވެރިކަން ކުރާ 40އަށްވުރެ ގިނަ މަސް ދޯނި އޮތް އިރު އެއީ އެ އަތޮޅު މަސްވެރިންގެ ބޮޑު ކަންބޮޑުވުމެކެވެ.

އޭގެ ސަބަބުން އެ އަތޮޅު މަސްވެރިންނަށް ގިނަ ތަކުލީފުތަކަކާ ކުރިމަތިލާންޖެހެއެވެ.

މިހާރު އެތަން އޮޕަރޭޝަނަށް ގެނައުމަށް ޓަކައި ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން "ސަން"އަށް މިއަދު ފައުޒީ ވިދާޅުވީ މިހާރު ކުރަނީ ފުނައްޑޫގެ ވަސީލަތްތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް ކަމަށެވެ.

އެގޮތުން މިހާރު ވެސް ފުނައްޑޫ ބަނދަރު ތަރައްގީކުރަން، އެ ތަނުގެ ސާވޭ މަސައްކަތް ކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު މި ބަލަނީ އެ ތަން އަވަހަށް އޮޕަރޭޝަނަށް ގެނެވޭނެ ގޮތެއް. އަޅުގަނޑުމެން އެ ތަނާ [ފުނައްޑޫއާ] ހަވާލުވީ އެ ތަން އެހެން ބާއްވައިގެން ކުރިއަަށް ގެންދާކަަށް ނޫން. މަސްވެރިންނަށް ވެސް އެ ޔަގީންކަން ދެން،" ފައުޒީ ވިދާޅުވިއެވެ.

އެހެންނަމަވެސް އެ ކަމުގައި ދަތިތަކެއް ހުރިކަމަށް ފައުޒީ ފާހަގަކުރެއްވިއެވެ.

"ވަރަށް ބޮޑަށް ޓައިޓް ކޭޝްފްލޯއެއްގައި މިފްކޯ މި އޮޕަރޭޓުކުރަނީ. މަސްވެރިންނަށް ފައިސާ ދިނުމާ، މި ހުރިހާ ކަމެއްގައި،" އޭނާ ވިދާޅުވިއެވެ.

އެއާއެކު ވެސް ތ. އަތޮޅާއި މ. އަތޮޅުގައި މިފްކޯއިން މަސް ގަންނާނެ ލޮކޭޝަންތަކެއް ކަނޑައަޅައި، އެ ޚިދުމަތް ގާއިމްކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ގދ. ތިނަދޫއާއި. މ. މުލަކާއި، ހއ. އިހަވަންދޫގައި ލޭންޑް ބޭސްކޮށް މަސް ގަތުމަށް، އެ ރަށްތަކުގައި އައިސް ލިބޭނެ ގޮތާއެކު ވަސީލަތްތައް ގާއިމްކުރަމުން އަންނަކަމަށް ވެސް ފައުޒީ ވިދާޅުވިއެވެ.

comment ކޮމެންޓް