ރާއްޖެއަށް ޑްރަގު އެތެރެކުރި މީހަކު ކޯޓަށް ހާޒިރު ނުކުރެވިގެން ހޯދަން ފަށައިފި

ޑްރަގު އެތެރެކުރި މައްސަަލައިގައި ކޯޓަށް ހާޒިރު ކުރަން ބޭނުންވެގެން ފުލުހުން ހޯދަމުން އަންނަ، ބ. ކަމަދޫ، ސުވާސާގެ، މުޙައްމަދު ރާފިލް ރިޔާޟް -- ފޮޓޯ/ޕޮލިސް

ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރުމުގެ ކުށުގެ ދައުވާއަކާ ގުޅިގެން ކޯޓަށް ހާޒިރު ކުރެވިފައިނުވާ މީހަކު، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން މީހަކު ހޯދަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން ބުނީ، ފުލުހުންގެ ބެލުމުގެ ދަށުގައި އަންނަ ބުރާސްފަތި ދުވަހުގެ 10:00އަށް ކޯޓަށް ގެންދިޔުމަށް ފުލުހުންގެ މައްޗަށް އަމުރު ކޮށްފައިވަނީ ބ. ކަމަދޫ، ސުވާސާގެ، މުޙައްމަދު ރާފިލް ރިޔާޟް، 24، ކަމަށެވެ.

ކޯޓަށް ހާޒިރުކުރަން ބޭނުންވި ނަމަވެސް ހާޒިރު ކުރެވިފައި ނުވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރު ކުރުމާ ގުޅިގެން ހޯދަމުންދާ، މުޙައްމަދު ރާފިލް ރިޔާޟާ، ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ 9991442 ނަންބަރަށް ގުޅައި އޭނާއާ ބެހޭ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

comment ކޮމެންޓް