ވެރިފަރާތަށް ނޭނގި އެކައުންޓުން 180،000 ރުފިޔާ ވަގަށް ނެގި މީހަކު ހޯދަނީ

އެކައުންޓުގެ ވެރިފަރާތަށް ނޭނގި ދެލައްކައެއްހާ ރުފިޔާ ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ މީހާ --

ވެރިފަރާތަށް ނޭނގި އޭނާގެ އެކައުންޓުން 180,000 އަށްވުރެ ގިނަ ރުފިޔާ ވަގަށް އެހެން މީހެއްގެ އެކައުންޓަށް ޓްރާންސްފާ ކުރި މީހަކު ހޯދަން ފަށައިފިއެވެ.

އަންހެނެއްގެ ފޮޓޯ އާންމުކޮށް ފުލުހުން ބުނީ އެ ފޮޓޯއިން ފެންނަ މީހާއަށް ތުހުމަތުކުރަނީ, އެކައުންޓުގެ ވެރިފަރާތަށް ނޭނގި 180,000 ރުފިޔާ އަށްވުރެ ގިނަ ފައިސާ އެހެން ފަރާތެއްގެ އެކައުންޓަށް ޓްރާންސްފާ ކޮށްފައިވާ ކަމުގެ ތުހުމަތު ކަމަށެވެ.

އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރާ އެ މައްސަލައާ ގުޅިގެން އޭނާގެ ފޮޓޯ އާންމުކޮށްފައިވަނީ އެއީ ކާކުކަން ދެނެގަނެވިފައި ނުވާތީ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި އެމައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ފަހަކަށް އައިސް މަކަރާ ހީލަތުން މީހުންގެ އެކައުންޓުން ބޮޑެތި އަދަދުތަކުން ފައިސާ ވަގަށް ނެގުމުގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފެއެވެ. އެފަދަ މައްސަލަތަކުގައި ގެއްލޭ ފައިސާ ހޯދުމަށް ވެސް ބޮޑެތި ގޮންޖެހުންތަކެއް ހުރެއެވެ.

comment ކޮމެންޓް