ވޯލްޑްކަޕް މެޗެއް ބައްލަވައިލައްވަން ރައީސް ގަތަރަށް ވަޑައިގަންނަވަނީ

ރައީސް މިދިޔަ އަހަރު ގަތަރަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ އަމީރު، ތަމީމް ބިން ހަމަދު އަލް ތާނީއާއެކު މަޝްވަރާ ކުރައްވަނީ --

ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ މެޗެއް ބައްލަވައިލައްވަން ވަޑައިގަތުމަށް އެ ގައުމުގެ އަމީރު ތަމީމް ބިން ޙަމަދު އަލް ޘާނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ދައުވަތު ދެއްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސްގައި ތަރުޖަމާނު މުޙައްމަދު މިއުވާން ވިދާޅުވީ މިހާރު ކުރިއަށްދާ ވޯލްޑްލަޕްގެ މެޗެއް ބައްލަވާލައްވަން ގަތަރަށް ވަޑައިގަތުމަށް ގަތަރުގެ އަމީރު، ދައުވަތު ދެއްވާފައިވާ ކަމަށެވެ. އެއީ ކޮން މެޗެއް ކަމެއް މިއުވާން ވިދާޅެއް ނުވެއެވެ.

"ރައީސް ވަޑައިގަންނަވާނީ ސެމީ ފައިނަލް ނުވަތަ ފައިނަލް މެޗެއް ބައްލަވާލައްވަން. ނަމަވެސް ޔަގީންކަމާއެކު ކޮން މެޗެއް ކަން ދަންނަވާކަށް ނޭނގެ،" މިއުވާން ވިދާޅުވިއެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 20ގައި ފެށި "ގަތަރު ވޯލްޑް ކަޕް 2022"ގެ ފައިނަލް މެޗް ކުޅެން ހަމަޖެހިފައި ވަނީ މި މަހުގެ 18ވާ ހޮނިހިރު ދުވަހުއެވެ.

މި މުބާރާތުގައި މިހާރު ކުޅެމުން އަންނަނީ ގްރޫޕް ސްޓޭޖުގެ މެޗްތަކެވެ.

comment ކޮމެންޓް