ދިވެހި ރުފިޔާގެ ނިޝާން ޖަހާފައިވާ 50 ރުފިޔާގެ ނޫޓު ބޭނުންކުރަން ފަށައިފި

ރުފިޔާގެ ނިޝާން ޖަހައިގެން އަލަށް ބޭނުންކުރަން ފެށި 50 ރުފިޔާގެ ނޫޓުގެ ނަމޫނާއެއް

ދިވެހި ރުފިޔާގެ ނިޝާން ޖަހާފައިވާ 50 ރުފިޔާގެ އާ ނޫޓު މިއަދު ދައުރުކުރަން ފަށައިފިއެވެ.

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ބުނީ ދިވެހި ނޫޓުގައި ފުރަތަމަ ފަހަރަށް ރުފިޔާގެ ނިޝާނެއް ހިމަނައިގެން ފައިސާ ދައުރުކުރަން ފަށާފައިވާކަމަށެވެ.

މިހާތަނަށް މި ނިޝާން ހިމަނާފައި ވާނީ 50 ރުފިޔާގެ ނޫޓުގައެވެ. މި ނޫޓުގައި ދެ ފުށުގައިވެސް ނިޝާން ހިމަނާފައި ވާނޭކަމަށް މަރުކަޒީ ބޭންކުން ބުނެއެވެ.

ރުފިޔާގެ ނިޝާން ޖަހައިގެން އަލަށް ބޭނުންކުރަން ފެށި 50 ރުފިޔާގެ ނޫޓުގެ ނަމޫނާއެއް

އަލަށް ނެރުނު 50 ރުފިޔާގެ ނޫޓުގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވަނީ ނޫޓުގެ މޫނުމަތީގެ ވައަތްފަރާތުން މަތީގައިވާ އަގާއެކުގަ އާއި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ އަގާއެކުއެވެ.

އަލަށް ނެރުނު 50 ރުފިޔާގެ ނޫޓާއެކު ކުރީގެ ނޫޓުވެސް ދައުރުވަމުން ދާނޭކަމަށް މަރުކަޒީ ބޭންކުން ބުނެއެވެ.

ރުފިޔާގެ ނިޝާން ޖަހައިގެން އަލަށް ބޭނުންކުރަން ފެށި 50 ރުފިޔާގެ ނޫޓުގެ ނަމޫނާއެއް

މި ނޫޓުގައި ސޮއިކުރައްވާފައިވަނީ މަރުކަޒީ ބޭންކުގެ ގަވަރުނަރު ޢަލީ ހާޝިމްއެވެ. މި ނޫޓުގައިވާ ތާރީޚަކީ 08 ސެޕްޓެމްބަރު 2022، 12 ޞަފަރު 1444 އެވެ.

comment ކޮމެންޓް