ޓެރަރިޒަމް އޮޕަރޭޝަން: 9 މީހުންގެ ބަންދުގެ މުއްދަތުޖަހައި 5 މީހަކު ޝަރީއަތް ނިމެންދެން ބަންދަށް

އެ އޮޕަރޭޝަން މިހާރުވެސް ކުރިއަށްދާއިރު އެ އޮޕަރޭޝަނުގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީއިން ނުވަ މީހަކާއި މާލެއިން ދެ މީހަކާއި ކ. ގުރައިދޫއިން ދެ މީހެއް--- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ގުޅިގެން މިހާރު ކުރިއަށް ގެންދާ ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަންގައި ހައްޔަރުކުރި 14 މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި 14 މީހުންގެ ތެރެއިން އުމުރުން 18 އަހަރާއި 33 އަހަރުގެ ދެ މީހުންނާއި 35 އަހަރުގެ އަދި 46 އަހަރުގެ މީހާއަށް 15 ދުވަހުގެ ބަންދުގެ މުއްދަތު ދީފައިވާ ކަމަށެވެ.

އަދި އުމުރުން 19 އަހަރާއި 27 އަހަރުގެ ދެ މީހުން އަދި 28 އަހަރުގެ މީހާއަށް 30 ދުވަހުގެ ބަންދުގެ މުއްދަތު ދީފައިވާއިރު އުމުރުން 20 އަހަރާއި 27 އަހަރާއި 30 އަހަރާއި 35 އަހަރު އަދި 37 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ޓެރަރިޒަމާއި ދެކޮޅަށް ފުލުހުން ހިންގަމުންދާ އޮޕަރޭޝަން މިހާރުވެސް ކުރިއަށްދާއިރު އެ އޮޕަރޭޝަނުގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީން ނުވަ މީހަކާއި މާލެއިން ދެ މީހަކާއި ކ. ގުރައިދޫއިން ދެ މީހެކެވެ. އެ އެންމެންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.

އެ އޮޕަރޭޝަނާއި ގުޅިގެން އިންސްޕެކްޓާ އޮފް ޕޮލިސް އުސްވަތު އަހްމަދު ވިދާޅުވީ އެ މީހުން ރާވަމުން އައީ ގޮވާތަކެތި ބޭނުންކޮށްގެން ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއްދީ ގިނަ ބައެއްގެ ފުރާނައަށް ނުރައްކާވާފަދަ ހަމަލާއެއް ދިނުމަށް ކަމަށެވެ.

މި އޮޕަރޭޝަނުން ހަރުކަށި ފިކުރަށް ތާއީދު ކުރާ މީހުން، ދުނިޔޭގެ ޓެރަރިސްޓު ޖަމިއްޔާ އައިއެސްއާ ގުޅި ރާއްޖެއަށް ޓެރަރިޒަމްގެ ހަމަލާއެއްދީ ގައުމީ ސަލާމަތަށް ނުރައްކާ ކުރަން އުޅުނުކަން ހާމަވެފައިވާ ކަމަށް ފުލުުން ބުންޏެވެ.

އެ އޮޮޕަރޭޝަން ހިންގަމުން އަންނަނީ މާލޭގެ ބައެއް ސަރަހައްދުތަކުގެ އިތުރުން އައްޑޫ ހިމެނޭ ކަނޑުގެ ސަރަހައްދުގައެވެ.

comment ކޮމެންޓް