މަސްކް، ޓްވިޓާއަށް އާ ވެރިޔަކު ހޯދަނީ

ބިލިއަނަރު އިލޯން މަސްކް--

އީލޯން މަސްކް ޓްވިޓާގެ ސީއީއޯގެ މަގާމުން ވަކިވުމަށްޓަކައި އެ ކުންފުންޏަށް އާ ވެރިޔަކު ހޯދަމުންދާ ކަމަށް ބުނެފިއެވެ.

ރޮއިޓާސް ނޫހާ ވާހަކަ ދައްކަމުން މަސްކް ބުނީ އޭނާ ޓްވިޓާ ހިންގުމުގައި ހޭދަ ކުރާ ވަގުތު މަދު ކުރާނެ ކަމަށާއި އެ ޕްލެޓްފޯމަށް އާ ލީޑަރެއް ހޯދާނެ ކަމަށެވެ.

މަސްކް މިހެން ބުނެފައިވާއިރު، އޭނާ އުފެއްދި ކުންފުނި ޓެސްލާގެ ހިއްސާދާރުން ވަނީ މަސްކް ޓްވިޓާ ގަތުމަށްފަހު ޓެސްލާ ކުންފުނީގެ ކަންކަން ނުބަލާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި ޓްވިޓާއަށް އާ ވެރިޔަކު ހޯދާނެ ކަމަށް މަސްކް ބުނީ ޓެސްލާގެ ހިއްސާދާރުންގެ ކަންބޮޑުވުންތަކާ ގުޅިގެންނެވެ.

ޓްވިޓާއާ ހަވާލުވުމަށް ފަހު މަސްކް ވަނީ އެ ކުންފުނީގެ އިސް މުވައްޒަފުންތަކެއް މަގާމުން ވަކިކޮށްފައެވެ. އެ މަގާމުތައް އާ މީހުން ހޯދުމުގެ މަސައްކަތް އޭނާ މިހާރު ކުރަމުންދާއިރު، ކުންފުނީގެ މަގާމުތައް ރޭވިފައިވާ ގޮތަށް ވަރަށް އަވަހަށް ބަދަލު ގެންނާނެކަން ވަނީ އިއުލާންކޮށްފައެވެ.

އެ ޚަބަރުތައް ފެތުރުނު ފަހުން މަސްކް ކުރި ޓްވީޓެއްގައި ވަނީ ޓްވިޓާގެ ވިޔަފާރީގެ ކަންކަން ހަމައަކަށް އެޅެންދެން ޓްވިޓާގެ މަސައްކަތުގައި އެންމެ އިސްކޮށް ހުންނާނެ ކަމަށާއި އެކަމަށް ކުޑަ ވަގުތުކޮޅެއް ނަގާނެ ކަމަށެވެ.

ޓްވިޓާއަށް ވެރިޔަކު ހޯދަން އިއުލާންކޮށްފައިވާއިރު، ޓްވިޓާގެ ކުރީގެ ސީއީއޯ ޖެކް ޑޯސީ ވަނީ އެ ކުންފުންޏަށް އެނބުރި ދިއުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށާއި، މަސްކް ކަންތައް ކުރިގޮތުން ޓްވިޓާގެ ވެރިން މާޔޫސްވެފައިވާ ކަމަށް ބުނެފައެވެ.

ދިރާސާވެރިން ވިދާޅުވާ ގޮތުގައި މަސްކްގެ އަމަލުތައް ހުރި ގޮތުން ޓްވިޓާ މިހާރު އޮތީ ބަނގުރޫޓުވުމުގެ ނުރައްކަލަށް ހުށަހެޅިފައެވެ.

މަސްކް ޓްވިޓާގެ މުވައްޒަފުންނަށް މިހާރު އަންގާފައިވާ ގޮތުން އޭނާގެ ހަރުކަށި މަސައްކަތުގެ ގަވާއިދުތަކަށް ތަބާވުމުގެ އިތުރުން ޓްވިޓާގެ އިންޖިނިއަރުންނަށް އޮފީހަށް ނުގޮސް، ގޭގައި ތިބެގެން މަސައްކަތް ނުކުރެވޭނެއެވެ. އަދި ހަފުތާއަކު މަދުވެގެން 40 ގަޑިއިރު ޓްވިޓާ އޮފީސްތަކުގައި އެމީހުން ހޭދަކުރަން ޖެހޭނެއެވެ.

އޭގެ ސަބަބުން ކުންފުނީގެ ފައިދާ ބޮޑުވެ ވިޔަފާރި ރަނގަޅުވާނެ ކަމަށް މަސްކް ބުނެއެވެ. އޭގެ މިސާލަކީ ސްޕޭސްއެކްސް އާއި ޓެސްލާ ކަމަށް އޭނާ ބުނެއެވެ. އެ ކުންފުނިތަކުގެ ކާމިޔާބީގެ އަސްލަކީ ސައިޓްގައި މަސައްކަތްކުރާ، އަދި ބުރަކޮށް މަސައްކަތްކުރާ މުވައްޒަފުން ކަމަށް އޭނާ ބުނެއެވެ.

comment ކޮމެންޓް