އާލިއާ ވިހައިފި، ލިބުނީ އަންހެން ކުއްޖެއް

ރަންބީރު އަދި އާލިއާ --

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރަންބީރް ކަޕޫރާއި އާލިއާ ބަޓަށް އެ މީހުންގެ އަލަތު ދަރިފުޅު ލިބިއްޖެއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން އާލިއާ ވިހައިފައިވަނީ މުމްބާއީގެ އެޗްއެން ރިލަޔަންސް ހޮސްޕިޓަލްގައި މެންދުރު 12:05 ހާއިރެވެ.

އާލިއާވަނީ އޭނާ ވިހެއި ޚަބަރު އޭނާގެ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައެވެ. އެގޮތުން އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައިވަނީ އެ މީހުންގެ ދަރިފުޅަކީ އެ ދެމަފިރިންނަށް ލިބުނު އުފަލެއްކަމަށެވެ.

އޭނާ މާބަނޑުކަން އިއުލާންކޮށްފައިވަނީ މި އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ. އެގޮތުން އެއިރު އަލްޓްރާސައުންޑް ސްކޭނެއް ހަދަން އޮތް ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާ ކުރަމުން އޭނާ ބުނީ "އަހަރެމެންގެ ދަރިފުޅު، ވަރަށް އަވަހަށް އަންނަނީ،" ކަމަށެވެ.

ބަނޑުބޮޑުކަން އިއުލާން ކުރުމާއެކު، ފިލްމީ ތަރިން ހިމެނޭހެން ގިނަ ބަޔަކުވަނީ އެދެމަފިރިންނަށް މަރުހަބާ ކިޔައިފައެވެ.

ވިހެއުމާ ގުޅިގެން މަސައްކަތްތަކަށް ދެން ވާނެ ގޮތެއް އަދި އާލިއާ ހާމައެއް ނުކުރެއެވެ. ނަމަވެސް އެއީ އެ ދެމަފިރިންގެ މަސައްކަތްތައް ރާވާނެ ގޮތް އެނގޭނީ ދަރިފުޅު ލިބުމުން ކަމަށް މީގެ ކުރީގެ އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

އެ ދެމަފިރިން ކައިވެނިކުރީ މި އަހަރުގެ އެޕްރީލް މަހުގެ ތެރެއެވެ.

comment ކޮމެންޓް