ނ. މަގޫދޫ ކައުންސިލްގެ ބައި އިލެކްޝަން ޕީޕީއެމްގެ ކެންޑިޑޭޓް ޔުމްނާ ކާމިޔާބުކޮށްފި

ނ. މަގޫދޫ ކައުންސިލްގެ ބައި އިލެކްޝަން ކާމިޔާބުކުރި ޕީޕީއެމްގެ ކެންޑިޑޭޓް ޔުމްނާ ---

މިއަދު ބޭއްވި ނ. މަގޫދޫ ކައުންސިލްގެ ބައި އިލެކްޝަން އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް އާމިނަތު ޔުމްނާ އަބްދުލްޣަނީ ކާމިޔާބުކޮށްފިއެވެ.

ވަގުތީ ނަތީޖާއަށް ބަލާއިރު ޕީޕީއެމްގެ ކެންޑިޑޭޓް ޔުމްނާއަށް 124 ވޯޓު ވަނީ ލިބިފައެވެ. އެމްޑީޕީގެ ކެންޑިޑޭޓް ފަރީދާ ޚާލިދަށް ލިބިފައިވަނީ 115 ވޯޓެވެ.

މީގެއިތުރުން މިއަދު ބޭއްވި ލ. ކަލައިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަނުގެ ވަގުތީ ނަތީޖާއަށް ބަލާއިރު އިންތިޚާބު ކާމިޔާބުކޮށްފައިވަނީވެސް ޕީޕީއެމުންނެވެ. އެ އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓް ޢާއިޝަތު ސާފިއާއަށް 197 ވޯޓު ލިބިފައިވާއިރު، އެމްޑީޕީގެ ކެންޑިޑޭޓް ހުވައިލަތު ރަހީމަށް ލިބިފައިވަނީ 192 ވޯޓެވެ.

ދާދިފަހުން ބޭއްވި ށ. މާއުނގޫދޫ ކައުންސިލްގެ ބައި އިލެކްޝަން ކާމިޔާބުކޮށްފައި ވަނީ އެމްޑީޕީންނެވެ. އަދި ޅ. ކުރެންދޫ ކައުންސިލްގެ ރައީސްގެ ބައި އިލެކްޝަން ކާމިޔާބުކޮށްފައި ވަނީ އިދިކޮޅު ޕީޕީއެމްއިންނެވެ.

comment ކޮމެންޓް