ޔުނިވާސިޓީ އޮފް އީސްޓް ލަންޑަންގެ އެލުމްނައި އެޑްވައިސަރީ ބޯޑް ޗޭންޖްމޭކަރ އެވޯޑް ޑރ. ރަފިއްޔާއަށް

ޔުނިވާސިޓީ އޮފް އީސްޓް ލަންޑަންގެ ސްކޫލް އޮފް އާކިޓެކްޗަރ، ކޮމްޕިއުޓިންގ އެންޑް އިންޖީނިއަރިންގެ 2022 ވަނަ އަހަރުގެ އެލުމްނައި އެޑްވައިސަރީ ބޯޑް ޗޭންޖްމޭކަރ އެވޯޑް ޑރ. ރަފިއްޔާއަށް ވަނީ ލިބިވަޑައިގެންފައި

ޔުނިވާސިޓީ އޮފް އީސްޓް ލަންޑަންގެ ސްކޫލް އޮފް އާކިޓެކްޗަރ، ކޮމްޕިއުޓިންގ އެންޑް އިންޖީނިއަރިންގެ 2022 ވަނަ އަހަރުގެ އެލުމްނައި އެޑްވައިސަރީ ބޯޑް ޗޭންޖްމޭކަރ އެވޯޑް ޑރ. ޢާއިޝަތު ރަފިއްޔާއަށް ލިބިވަޑައިގެންފިއެވެ.

ޔޫއީއެލް އެލުމްނައި އެޑްވައިސަރީ ބޯޑް ޗޭންޖްމޭކަރ އެވޯޑަކީ ޔުނިވާސިޓީ އޮފް އީސްޓް ލަންޑަންއިން މަތީ ތައުލީމު ހާސިލް ކޮށްފައިވާ ދަރިވަރުންގެ ތެރެއިން އެ މީހަކު މަސައްކަތް ކުރާ ދާއިރާއަކުން ގްރައުންޑް ބަރޭކިން ކޮންސެޕްޓެއް ނުވަތަ އޯގަނައިޒޭޝަންއެއް އުފައްދާ ދުނިޔޭގެ ފެންވަރުގައި ތަފާތު ދައްކާ މީހުންގެ ދިރިއުޅުން ބަދަލުކޮށްދިނުމަށް އެހީތެރިވެދީ ނުވަތަ އޯގަނައިޒޭޝަންއެއްގެ މަތީފަޑީގައި ފައިތިލަ ހަމަކޮށް އީޖާބީ އުފެއްދުންތެރި މަސައްކަތެއްކޮށް ނަތީޖާ ދައްކާ އެކަމެއްގައި މިއަދާ ހަމައަށްވެސް ފައިތިލަ ސާބިތު ކޮށްދީފައިވާ ދަސްވެނިންގެ ތެރެއިން ޔުނިވާސިޓީގެ ކޮންމެ ސްކޫލްއަކުން ހޮވޭ އެއް ފަރާތަށް ދެވޭ އެވޯޑެކެވެ.

މިއަހަރުގެ ޔޫއީއެލް އެލުމްނައި އެވޯޑަށް 400 އަށް ވުރެ ގިނަ ނޮމިނޭޝަން ލިބިފައިވާ އިރު މި އެވޯޑް ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމުގައި ރަފިއްޔާ ވިދާޅުވިއެވެ.

ޔުނިވާސިޓީ އޮފް އީސްޓް ލަންޑަންގެ ސްކޫލް އޮފް އާކިޓެކްޗަރ، ކޮމްޕިއުޓިންގ އެންޑް އިންޖީނިއަރިންގެ 2022 ވަނަ އަހަރުގެ އެލުމްނައި އެޑްވައިސަރީ ބޯޑް ޗޭންޖްމޭކަރ އެވޯޑް ޑރ. ރަފިއްޔާއަށް ވަނީ ލިބިވަޑައިގެންފައި

"ޔުނިވާސިޓީ އޮފް އީސްޓް ލަންޑަން އިން މިފަދަ ޝަރަފެއް ލިބުނު ފުރަތަމަ ދިވެހި ފަރާތަށް އަޅުގަނޑު ވުމަކީ އަޅުގަނޑުގެ ކެރިޔާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. މީގެން އެނގެނީ ޔުނިވާސިޓީއިން އަޅުގަޑުކޮށްފައިވާ މަސައްކަތްތައް ބަލައިގަނެ އެކަމުގެ އަގު ވަޒަން ކޮށްފައިވާ މިންވަރު،" ރަފިއްޔާ ވިދާޅުވިއެވެ.

ޔޫއީއެލްއިން ރަފިއްޔާ ބިސްނަސް އިންފޮމޭޝަން ސިސްޓަމްސްއިން އޮނާސް ހާސިލްކުރެއްވީ މުޅި ކޯހުން ދެވަނަ ހާސިލްކޮށް ޕްރޮގްރާމިން ޕްރޮޖެކްޓް އެވޯޑްވެސް ހާސިލް ކުރައްވައިގެނެވެ.

ޑރ. ރަފިއްޔާ އަކީ ވަރަށް ޒުވާންއިރުއްްސުރެ މިއަދާ ހަމަޔަށް އެކި އެކި އިޖްތިމާއީ ކަންކަމުގައި ހިލޭ ސާބަހަށް މަސައްކަތްކޮށް ގައުމީ ފެންވަރުގައާއި ދުނިޔޭގެ ފެންވަރުގައި އެތަކެއް އެވޯޑެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން ރީޖަނަލް އެލަޔަންސް ފޮރ ފޮސްޓަރިން ޔޫތް (ރަފީ) ޖަމްޢިއްޔާގެ ފައުންޑާގެ ހައިސިއްޔަތުން އަދި ގްލޯބަލް ޕީސް އިންސްޓިޓިއުޓް ލަންޑަންގެ އެގްޒެކިއުޓިވް ޑިރެކްޓަރުގެ ހައިސިއްތުން އަންހެނުންނާއި ޒުވާނުން ބާރުވެރި ކުރުމާއި ސުލްހަވެރި އަމާން މުޖުތަމައުއެއް ގާއިމު ކުރުމަށް ކުރާ މަސައްކަތްތައް ފާހަގަ ކުރެވެއެވެ.

ރަފިއްޔާ ވަނީ ބޭންކް އޮފް މޯލްޑިވްސް އާއި ފޮރިން މިނިސްޓަރީގެ އިތުރުން ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައިވެސް މަސައްކަތްކުރައްވާފައެވެ.

މިވަގުތު ސަން ސިޔާމް ގްރޫޕްގެ ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި ރަފިއްޔާ އަކީ އެސްޓީއޯ ބޯޑްގެ ޑިރެކްޓަރު ކަމުގެ އިތުރުން މާލޭ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގައި ވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ޔުނިވާސިޓީ އޮފް އީސްޓް ލަންޑަންގެ ސްކޫލް އޮފް އާކިޓެކްޗަރ، ކޮމްޕިއުޓިންގ އެންޑް އިންޖީނިއަރިންގެ 2022 ވަނަ އަހަރުގެ އެލުމްނައި އެޑްވައިސަރީ ބޯޑް ޗޭންޖްމޭކަރ އެވޯޑް ޑރ. ރަފިއްޔާއަށް ވަނީ ލިބިވަޑައިގެންފައި

ބައިނަލްއަޤްވާމީ އެތައް ޕްލެޓްފޯމެއްގައި އަންހެނުން ބާރުވެރި ކުރުމާއި އަންހެނުންގެ ހައްގުގައި ވާހަކަ ދައްކައި، އެ ދާއިރާއިން ރިސާޗް ހައްދަވައި، އެތައް ކޮންފެރެންސެއްގެ ކީ ނޯޓް ސްޕީޗް ދެއްވާފައިވެއެވެ.

ރަފިއްޔާއަކީ އިނގިރޭސި ރާނީ ހޮއްވެވި ކުއީންސް ޔަންގް ލީޑާސްގެ މެންޓޯ ޕެނަލްގައި އެޑްވައިސަރީ މެންޓަރ ރޯލް އަދާކުރައްވާ އެމެރިކާގެ ނިއުޔޯކް އެކަޑަމީ އޮފް ސައިންސަސް ގައި ހިންގި 1000 ގާލްސް 1000 ފިއުޗަސް އަދި ސްޓެމް ސްކޮލަސްގެ މެންޓޯކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ރަފިއްޔާއަކީ ސިޔާސީ ޕާޓީއެއްގެ ފުރަތަމަ އިންތިޚާބުވި އަންހެން ނާއިބު ލީޑަރަށްވެ ދިވެހި ރާއްޖޭގެ ތާރީޚް ބަދަލުކޮށްލައި މިހާތަނަށް އެންމެ ޒުވާން އުމުރުގައި ދިވެހި ރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ ނާއިބު ލީޑަރުގެ މަގާމު ފުރުއްވަން ފެއްޓެވި ބޭފުޅާއެވެ. އަދި މިހާތަނަށް އެންމެ ގިނަ މުއްދަތަކަށް އެމަގާމު ފުރުއްވި އަންހެން ބޭފުޅާވެސް މެއެވެ.

ރަފިއްޔާގެ މަސައްކަތުގެ އަގު ވަޒަންކޮށް ދިވެހިރާއްޖެ އާއި ބައިނަލް އަޤްވާމީ 20 އެވޯޑެއް ލިބިފައިވާއިރު ސްޓެވީ ސިލްވާ އެވޯޑް، ޖޭސީއައި ޓީއޯވައިޕީ އަދި ގައުމީ ޒުވާނުންގެ އިނާމު ފާހަގަ ކޮށްލެވެއެވެ.

comment ކޮމެންޓް