އެޗްޑީސީން ޒުވާނުންގެ ދިސާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެޗްޑީސީގެ ކޭމްޕް ހާއްސަކޮށްފައި ވަނީ 16 އަހަރާއި 20 އަހަރާ ދެމެދުގެ ޒުވާނުންނަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެޗްޑީސީއާއި ޔޫތު މިނިސްޓްރީ ގުޅިގެން ޒުވާނުންގެ ދިސާގެ ނަމުގައި ބާއްވާ ހާއްސަ ކޭމްޕުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެޗްޑީސީން ބުނީ މި ޕްރޮގްރާމުގެ މަގުސަދަކީ ޒުވާނުންނަށް ދިރިއުޅުމުގެ ރިވެތި އާދަތަކާއި ހުނަރުތަކާއި އެކި މައުލޫމާތުތަކާއި ހަރަކާތްތައް ދަސްކޮށް ދިނުން ކަމަށެވެ.

އެ ކޭމްޕުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އުމުރުން 16 އަހަރާއި 20 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. އެ ކޭމްޕުގައި ބައިވެރިވުމަށް އޮންލައިން ލިންކެއް މެދުވެރިކޮށް ފޯމް ހުށަހެޅޭނެކަމަށް އެޗްޑީސީން ބުންޏެވެ.

އެ ޕްރޮގްރާމު ކުރިއަށް ދާނީ އަންނަ މަހުގެ ހަޔެކުން އަށް ވަނަ ދުވަހުގެ ނިޔަލަށް، ހުޅުމާލޭ ފަރުކޮޅުފުށި ކޮންފަރެންސް ހޯލުގައެވެ.

އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ 30 މީހަކަށެވެ.

އެޗްޑީސީން ދަނީ ޔޫތު މިނިސްޓްރީއާ ގުޅިގެން 2019 ވަނަ އަހަރުން ފެށިގެން އެ ޕްރޮގްރާމް ބާއްވަމުންނެވެ.

އެޗްޑީސީގެ އަމާޒަކީ ޒުވާނުން ބިނާ ކުރުމުގައި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުން ކަމަށް އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް